ކިޔަވާ ކުދިންގެ ކާޑްގެ ލިމިޓު 1200 ޑޮލަރަށް

ރާއްޖޭއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު ނެގޭ އަދަދު 1200 ޑޮލަރަށް އިތުރު ކުރަން ސަރުކާރުން ނިންމައިފިއެވެ. މި ގެނައި ބަދަލާއެކު އަންނަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މިހާރު މަހަކަށް ދޫކުރާ 750 ޑޮލަރުގެ ލިމިޓު 1200 ޑޮލަރަށް މަތިވާނެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މި ބަދަލު ގެނައީ ޑޮލަރު ނެގުމުގައި ހުރި ތާށިކަމާއި އަދި ލިމިޓްގެ ސަބަބުން ދަރިވަރުންގެ ކަންބޮޑުވުން ތަކަށް ހައްލެއް ގެންނަން ކެބިނެޓުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ބަދަލު ގެންނަން ނިންމުމާއެކު، އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާނީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ.

ރާއްޖެއިން ބޭރުގެ މުއާމަލާތްތަކުގައި ޑެބިޓް ކާޑް ބޭނުން ކުރެވޭ ލިމިޓަކީ 250 ޑޮލަރެވެ. ކުރެޑިޓް ކާޑްގެ ލިމިޓަކީ 750 ޑޮލަރެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *