ކުރީގެ ބާ ޖަމާލުއްދީން ހުރި ބިމުގެ ބަދަލުގައި އަރަބިއްޔާ ސްކޫލް އަޅާނެ ޖާގަ ތަނަވަސް ބިމެއް ހަމަޖައްސައިފިއެވެ. ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމަނައިގެން އެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަން ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައެވެ.
މި ބަދަލު ގެނައުމާއެކު ބާ ޖަމާލުއްދީން ހުރި ބިމުގައި ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކެއް އަޅަން ވަނީ ނިންމާފައެވެ.
ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެތަނުގައި ހުރި ބާ އިމާރާތް ތަޅާލުން ފިޔަވައި އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
އަމީން ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.
އަރަބިއްޔާ ސްކޫލް އިމާރާތަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައި ވަނީ އެންމެ 6.5 މިލިއަން ރުފިޔާއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އިމާރާތް އަންނަ ދިރާސީ އާ އަހަރަށް ހުޅުވާނެ ކަމަށެވެ.
advertisment
ހިޔާލު