ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާތަކަށް ޚާއްޞަކޮށްގެން " މޯލްޑިވްސް ސަމާ ސްކޫލް" އެމްއެންޔޫއިން ފަށަނީ

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާތަށް ކުރުމާއި އެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަކޮށްގެން " މޯލްޑިވްސް ސަމާ ސްކޫލް" ޤައުމީ ޔުނިވަރސިޓީން ތަޢާރަފުކޮށް، ބައިވެރިވާން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ ދިހައަކާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކްލައިމެޓް ޗޭންޖު، ޑިޕްލޮމަސީ، ލީޑާޝިޕް އެންޑް ރެސިލިއަންސް ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވަނީ ޤައުމި ޔުނިވަރސިޓީގެ އިތުރުން، ބެލްޖިއަމްގެ ޔުނިވާސިޓީ އޮފް ލެޔިޖް،  ސްލޮވާކިއާގެ ޔުނިވާސިޓީ އޮފް އިކޮނޮމިކްސް އޮފް ބްރަޓިސްލަވާ، އަދި ފްރާންސްގެ ސީޓޭ އިންޓަނޭޝަނަލް ޔުނިވާސިޓީއެވެ.

މޯލްޑިވްސް ސަމާ ސްކޫލުން ޖާގަ ދިނުމުގައި އިސްކަންދެނީ އެ ޕްރޮގްރާމުގައި ބައިވެރިވާ ހަތަރު ޔުނިވަރސިޓީގެ ދަރިވަރުންނަށެވެ. އެއިން ކޮންމެ ޔުނިވަރސިޓީއަކުން ތިން ދަރިވަރުން ސްޕޮންސަރ ކުރާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީ އަކީ 475 އެމެރިކާ ޑޮލަރު، ނުވަތަ 7،325 ރުފިޔާއެވެ.

ބައިވެރިވާ ފަރާތްތަކުން ސީވީގެ އިތުރުން މޯޓިވޭޝަނަލް ލެޓަރ އެއްގެ އިތުރުން 400 ބަހުގެ ރިސަރޗް އެބްސްޓްރެކްޓިވްއެއް ހުށަހަޅަން ޖެހެއެވެ.

" މޯލްޑިވްސް ސަމާ ސްކޫލް" ފަށަން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު 25 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *