ދަރިވަރުން ފޮތް ކިޔަން ލޯބިޖެއްސުމަށް "ވައިލެޓް ގާޑަން އޮފް ސްޓޯރީޒް" ހިރިޔާ ސްކޫލުން މިއަދު ތަޢާރަފުކޮށްފިއެވެ.
މިއަދު ފެށި މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ދަރިވަރުންނަށް ވާހަކަ ކިޔައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

ހިރިޔާއިން ބުނީ މިއީ ވަށައިޖެހޭ ގޮތެއްގައި ގުރޭޑް ފަހަކުން ދަށުގެ ގުރޭޑްތަކުގެ ދަރިވަރުންގެ ކިޔުމުގެ ހުނަރު ތަރައްޤީކޮށް ޝަޢުޤުވެރިކަމާއެކު ފޮތްކިޔަން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމަށް އަމާޒުކޮށް ހިރިޔާގައ ވަނީ "ވައިލެޓް ގާޑަން އޮފް ސްޓޯރީޒް" އަށް ޚާއްޞަ ކޮށްގެން ކޯނާއެއްވެސް ތައްޔާރުކޮށްފައެވެ. އެތަން ތައްޔާރުކޮށްފައި ވަނީ ކުދިންނަށް ފަހި މާހައުލެއްގެ އޮންނާނެ ގޮތަށެވެ.

" ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ކުލާސްތަކުން ވަކި އަދަދަކަށް ކުދިން ގެނެސްގެން އެކުދިންނަށް ވާހަކަ ކިޔައިދިނުން ކުރިއަށް ގެންދާނީ. ވާހަކަ ކިޔައިދޭނީ ބޭރުން ގެންނަ ބޭފުޅެއް ނޫނީ، ސީނިއަރ ސްކޫލްގެ މެނޭޖްމަންޓްގެ ތެރެއިން ބޭފުޅެއް" ޑެޕިއުޓީ ޕްރިންސިޕް އާމިނަތު ނައީމާ ވިދާޅުވިއެވެ.

ނައީމާ ވިދާޅުވީ "ވައިލެޓް ގާޑަން އޮފް ސްޓޯރީޒް" ޕްރޮގްރާމް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކުދިންނާ ގުޅޭ ކުދިންގެ ޝަޢުޤުވެރިކަން ހުންނާނެ ކަންތައްތަކަށް ބަލައިގެން ކަމަށެވެ.
advertisment
ހިޔާލު