ހަންގޭރީން ސްކޮލަރޝިޕަށް ހޮވުނު 25 ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަށް ހޮވުނު ދަރިވަރުންނަށް އިންފޮމޭޝަން ސެޝަންއެއް އިއްޔެ ހަޔަރ އެޑިޔުކެޝަންގ މިނިސްޓްރީގައި ބާއްވައިފިއެވެ. މި އިންފޮމޭޝަން ސެޝަންގެ މައިގަޑު މަޤްސަދަކީ ދަރިވަރުން ފުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށް ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމެވެ. މި އިންފޮމޭޝަން ސެޝަންގައި މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދާރީވެފައި ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ރާއްޖޭގައި ހުންނަ ހަންގޭރީގެ ކޮންސުލޭޓް ޖެނެރަލްގެ ފަރާތުންނެވެ.
ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާރސް އެންޑް ޓްރޭޑް އޮފް ހަންގޭރީ އާ ދެމެދު 8 ނޮވެމްބަރ 2021 ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން 2022 ވަނަ އަހަރު ބެޗްލަރސް، މާސްޓަރސް އަދި ޑޮކްޓޯރަލް ޑިގްރީ ލެވަލް އަށް އެކި ދާއިރާ ތަކުން ދިވެހި ދަރިވަރުން ބިނާކުރުމުގެ ގޮތުން ހުޅުވާލެވުނު ސްކޮލަރޝިޕް ސްކީމެކެވެ. މި ސްކޮލަރޝިޕްގެ ޚަރަދުތައް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުންނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިންނެވެ. މިދިޔަ އަހަރު ހުޅުވާލެވުނު 15 ފުރުސަތަށް ހޮވުނު ދަރިވަރުން މިހާރުދަނީ ހަންގޭރީގައި ކިޔަވަމުންނެވެ.
މިއަހަރު މި ސްކޮލަރޝިޕްގެ 25 ފުރުސަތަށް 65 އެޕްލިކޭޝަންވަނީ ހުށަހަޅާފައެވެ. މިނިސްޓްރީއިން 25 ދަރިވަރުން ނޮމިނޭޓްކުރުމުން، ހަންގޭރީގެ ޔުނިވަރސިޓީތަކުން ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހަދާ 25 ދަރިވަރުންނަށް ވަނީ ފުރުސަތުދީފައެވެ. މި ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގޭރީގެ 9 ޔުނިވަރސިޓީ އަކުންނެވެ. މި ސްކޮލަރޝިޕްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
advertisment
ހިޔާލު