13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާނަށް

އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.

ކަލާފާނުން ތަށި ގެންދިޔައީ 0-3 ގެ ތަފާތަކުން އަޙްމަދިއްޔާ ސްކޫލް ބަލިކޮށްފައެވެ.

މެޗް ފެށިތަނާ، ފުރަތަމަ މިނެޓްގައި ކަލާފާނުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑުޖެހީ ޖާޒީ ނަމްބަރު 11 އީހަން އިބްރާހިމެވެ. ދެވަނަ ލަނޑުޖެހީ 46 ވަނަ މިނެޓްގައި ޖާޒީ ނަމްބަރު 7 ހުސައިން އިލްހާމް އިބްރާހިމެވެ. ތިންވަނަ ލަނޑުޖެހީ  48 ވަނަ މިނެޓްގައި ޖާޒީ ނަމްބަރު 4 މުޙައްމަދު ނަޝަމްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެންމެ ގިނަ ލަނޑު ވެސް ޖެހި ކަލާފާނުގެ ހުސައިން އިލްހާމް އިބްރާޙިމެވެ. ފައިނަލް މެޗްގައި ޖެހި ލަނޑާއެކު ޖުމްލަ 13 ގޯލް މި މުބާރާތުގައި އޭނާ ޖަހާފައި ވެއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ. އެންމެ މޮޅު ކޯޗަކީ ކަލާފާނުގެ ފަރީދު މުޙައްމަދެވެ.

މި މުބާރާތުގައި 36 ސްކޫލަކުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *