ސްކޫލްތަކުގެ ޕްރިންސިޕަލުން މާސްޓަރސް ފެންވަރަށް ތަމްރީނު ކުރަން އެހީ ދިނުމާގުޅޭ އެއްބަސްވުމެއްގައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީން މިއަދު ސޮއިކޮށްފިއެވެ.
ޤާބިލު ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާސްޓަރސް ޑިގްރީގެ 10 ސްކޮޕަލަރޝިޕާއި ކުރު މުއްދަތުގެ 110 ކޯސް އެމްޑަބްލިއުއެސްސީއިން ސްޕޮންސަރ ކުރާނެއެވެ.

އެމްޑަބްލިއުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން މި ކޯސްތައް ސްޕޮންސަރ ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު މި އަހަރުގެ ތެރޭގައި ނިންމައި 18 ޕްރިންސިޕަލުން ދަނީ މަސައްކަތަށް ނުކުންނަވާފައެވެ. މި އަހަރުގެ ތެރޭގައި އިތުރު 10 ޕްރިންސިޕަލަކު މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީން ތަމްރީނު ކުރަން ފޮނުވަން އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު