35 ވަނަ ޤައުމީ ޤުރުއާން މުބާރާތް: އެއްވަނަ އިސްކަންދަރަށް، އެންމެ މޮޅު ދަރިވަރަކަށް އެ ސްކޫލްގެ އާޔަން

35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ ހޯދި އިސްކަންދަރުގެ އާޔަން އަހުމަދު އިނާނަށް ރައީސުލްޖުމުހޫރިއްޔާ ތަށި ހަވާލުކޮށްދެއްވަނީ: މުބާރާތުގެ އެންމެ ކާމިޔާބު ދަރިވަރުގެ ޝަރަފު އޭނާ ވަނީ ހޯދާފައި- ފޮޓޯ: ރައީސް އޮފީސް

35 ވަނަ ޤައުމީ ޤޫރުއާން މުބާރާތުން އެއްވަނަ ސްކޫލްގެ މަގާމް އިސްކަންދަރުން ހޯދައިފިއެވެ.

އެ ސްކޫލަކީ ސިޓީ ތަކުން ވެސް އެންމެ މޮޅު ސްކޫލެވެ. މުޅި މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ވެސް އެ ސްކޫލްގެ ގުރޭޑް 9ގެ ދަރިވަރު އާޔަން އަޙްމަދު ޢިނާނެވެ.

ޢިނާން ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހޯދާފައެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ ވެސް އިސްކަންދަރު ސްކޫލްގެ ގުރޭޑް 8ގައި ކިޔަވަމުންދާ ފާތިމަތު ޒާޔާ ޒާހިރެވެ. ޒާޔާ ވަނީ ހާފިޒުންގެ ބައިން ވެސް އެއްވަނަ ހޯދާފައެވެ. މުޅި މުބާރާތުން ތިންވަނަ ހޯދީ ޒަމާނީ ޤުރުއާން ކުލާހުގެ މުޙައްމަދު ސާއީ މުބާރިކެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި އިންމާ ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހާފިޒުންގެ ބައިން އެއްވަނަ ހޯދި އިސްކަންދަރު ސްކޫލްގެ ފާތިމަތު ޒާޔާ ޒާހިރަށް ރައީސުލްޖުމުހޫރިއްޔާ އިނާމް ހަވާލުކޮށްދެއްވަނީ: ޒާޔާ ވަނީ މުޅި މުބާރާތުން ދެވަނަ ވެސް ހޯދާފައި- ފޮޓޯ: ރައީސް އޮފީސް

މި މުބާރާތުގައި، ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ ސްކޫލަކީ އަލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އެ ސްކޫލްގެ ނަވާގު ފިރާގު މުޙައްމަދު ފުޅެވެ.

35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދި ނަވާގު ފިރާގު މުޙައްމަދު ފުޅަށް ރައީސުލްޖުމުހޫރިއްޔާ ތަށި ހަވާލުކޮށްދެއްވަނީ:- ފޮޓޯ: ރައީސް އޮފީސް
ގޮފިތަކުން އެންމެ މޮޅު ދަރިވަރުން
  • ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ، އާޔަން އަހުމަދު އިނާން – އިސްކަންދަރު ސްކޫލް
  • ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ނަވާގު ފިރާގު މުޙައްމަދު ފުޅު – އަލް އަރަބިއްޔަތުލް އިސްލާމިއްޔާބަލައިގެން
  • ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ މުޙައްމަދު ސާއީ މުބާރިކް – ޒަމާނީ ޤުރުއާން ކުލާސް
  • ނުބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ، ނައުފާން ނިޔާފު – އިޔާރު ޤުރުއާން ކުލާސް
  • ބަލައިގެން ކިޔެވުމުގެ ގޮފިން ތިންވަނަ އަހުމަދު ޝައިމް ރިޟާ – ހައްދުއްމަތީ އަތޮޅު ކައުންސިލް
  • ނުބަލައި ކިޔެވުމުގެ ގޮފިން ތިންވަނަ، ހޫދު އިމްރާން ޞާލިޙު – ހިތަދޫ ސްކޫލް

ސިޓީ ސްކޫލްތަކުގެ ވަނަތައް:

  • ބަލައިގެން ކިޔެވުމުގެ ގޮފި އެއްވަނަ ސްކޫލް- އިސްކަންދަރު ސްކޫލް
  • ނުބަލައި ކިޔެވުމުގެ ގޮފި އެއްވަނަ ސްކޫލް- އަލް އަރަބިއްޔަތުލް އިސްލާމިއްޔާ
  • ބަލައިގެން ކިޔެވުމުގެ ގޮފި ދެވަނަ ސްކޫލް – ސީއެޗްއެސްއީ
  • ނުބަލައިގެން ކިޔެވުމުގެ ގޮފި ދެވަނަ ސްކޫލް- އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
  • ބަލައިގެން ކިޔެވުމުގެ ގޮފި ތިންވަނަ ސްކޫލް- ތާޖުއްދީން ސްކޫލް
  • ނުބަލައިގެން ކިޔެވުމުގެ ގޮފި ތިންވަނަ ސްކޫލް- ތާޖުއްދީން ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *