އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް: އިސްކަންދަރާއި ކަލާފާނަށް ބޮޑު ރެއެއް

އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލް މިރޭ ކުރިމަތިލާނެއެވެ. އިސްކަންދަރު ފައިނަލަށް އައީ ގުރޭޑް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި، ކުއާޓަރ ފައިނަލުގައި އިމާދުއްދީން ބަލިކޮށް ސެމީގައި ރެހެންދި ސްކޫލް ބަލިކޮށްގެންނެވެ. އިސްކަންދަރުން ފައިނަލަށް މިރޭ ނުކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުނު ފަސް މެޗުން މޮޅުވެ ބައިކޮޅަށް ލަނޑެއް ނުވަދެ 69 ގޯލްގެ ލީޑެއް އޮތުމެވެ.

އިސްކަންދަރުގެ މުޙައްމަދު އީލާން ވަނީ މިހާތަނަށް 33 ލަނޑުޖަހާފައެވެ. އޭގެ ތެރޭގައި ނުވަ ހެޓްރިކް ހަދާފައިވެއެވެ.

އިސްކަންދަރުން ނެރުނު ނަތީޖާތައް:

  • ރެހެންދި ސްކޫލް 0-29
  • އިމާދުއްދީން ސްކޫލް 0-5
  • ބިލަބޮންގ 0-17
  • ޣިޔާޘުއްދީން ސްކޫލް 0-18
  • އަމީނިއްޔާ ސްކޫލް0-29

ކަލާފާނު ފައިނަލަށް ނުކުންނަނީ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓަރގައި ޖަމާލުއްދީން ބަލިކޮށް، ސެމީގައި މަޖީދިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކަލާފާނުން 21 ލަންޑުޖެހިއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ގޯލެވެ.

ކަލާފާނުގެ އެންމެ މުހިންމު ކުޅުންތެރިއަކީ އާކިފް ބިން މުޙައްމަދެވެ. އޭނާ ވަނީ މިހާތަނަށް ހަ ލަނޑު ޖަހާފައެވެ.

ކަލާފާނުން ނެރުނު ނަތީޖާތައް:

  • މަޖީދިއްޔާ ސްކޫލް 0-2
  • ޖަމާލުއްދީން ސްކޫލް 0-1
  • އަހުމަދިއްޔާ ސްކޫލް 1-5
  • ދަރުމަވަންތަ ސްކޫލް 0-9
  • މަޖީދިއްޔާ ކަލާފާނު 4-1

މިރޭގެ ފައިނަލް މެޗް އޮތީ ގަލޮޅު ދަނޑުގައި 8:30ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *