ކޮޅުމަޑުލު އިންޓަރ ސްކޫލް ސްޕޯޓްސް ކޮމްޕެޓިޝަންގައި ފުޓްސެލްގެ ޗެޕްޕިއަންކަން ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް، ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮމަދޫ ސްކޫލުން ހޯދައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔައީ އަންހެން ދަރިވަރުންނަށް ހޭންޑް ބޯޅައެވެ. ފިރިހެން ދަރިވަރުންނަށް ފުޓްސެލްއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުން އެއްވަނަ ޓީމު، ފައިނަލް ރައުންޑްގައި ކުޅޭ ގޮތަށެވެ. ފައިނަލް ރައުންޑްގައި ކުޅުނު މެޗްތަކުން ފުޓްސެލްގެ ފައިނަލަށް ދިޔައީ ތ. އޭއީސީއާއި ހިރިލަންދޫ ސްކޫލެވެ. ތ. އޭއީސީން މުބާރާތް ކާމިޔާބު ކުރީ 2-1 ގެ ތަފާތަކުންނެވެ. ތ. އޭއީސީއަށް ލަނޑު ޖަހައިދިނީ ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު، އަހުމަދު އަފުލާޒުއާއި އާހިލް ނަޒީރެވެ.
ފުޓްސެކް މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން:
- މުޙައްމަދު އާހިލް ނަޒީރު ( ތ. އޭއީސީ)
- އާޒަން އުމަރު ( ތ. އޭއީސީ)
- ސުޒާން ހަސަން ( ތ. އޭއީސީ)
- އަހުމަދު އަފުލާޒު
- އަހުމަދު ޝާއިން ހުސައިން ( ހިރިލަންދޫ ސްކޫލް)

ހޭންޑް ބޯޅަ ފައިނަލުގައި ކުޅުނީ އޮމަދޫ ސްކޫލާއި ދިޔަމިގިލީ ސްކޫލެވެ. އޮމަދޫ ސްކޫލުން ޗެމްޕިއަންކަން ހޯދީ 5-3 ގެ ތަފާތަކުންނެވެ.
ޒޯންތަކުގެ ވަނަތައް: ފުޓްސެލް
ޒޯން 1 ޗެމްޕިއަންޓީމް: ދިޔަމިގިލީ ސްކޫލް
ޒޯން 2 ޗެމްޕިއަންޓީމް: ތިމަރަފުށި
ޒޯން 3 ޗެމްޕިއަންޓީމް: ހިރިލަންދޫ
ޒޯންތަކުގެ ވަނަތައް: ހޭންޑް ބޯޅަ
ޒޯން 1 ޗެމްޕިއަންޓީމް: ދިޔަމިގިލީ ސްކޫލް
ޒޯން 2 ޗެމްޕިއަންޓީމް: ތިމަރަފުށި
ޒޯން 3 ޗެމްޕިއަންޓީމް: އޮމަދޫ
advertisment
ހިޔާލު