އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.

ފައިނަލުގައި އިސްކަންދަރު ސްކޫލާ ބައްދަލުކޮށް އއ. އަތޮޅު ތަޢުލީމީ މަރުކަޒުން ޗެމްޕިއަންކަން ހޯދީ 14-8 ގެ ބޮޑު ތަފާތަކުންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖޯރީ ނަމްބަރު 10 ހައްވާ މިލްހާނާ މުޙައްމަދު މާހިރެވެ.

އޭނާގެ އިތުރުން އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ އއ. އޭއީސީގެ ޖޯޒީނަމްބަރު 3 އައިޝަތު އިނާ އާތިފާއި އިސްކަންދަރު ސްކޫލްގެ ޖޯޒީ ނަމްބަރު 10 ފާތިމަތު ލީމް ރިޝާދެވެ.
advertisment
ހިޔާލު