އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވެ އިމާދުއްދީން ސްކޫލުން ނުވަ ޕޮއިންޓް ހޯދައިފިއެވެ.
އިއްޔެ ހަވީރު، އިމާދުއްދީން ކުޅުނީ ހުރަވީ ސްކޫލާއެވެ. މެޗް ކާމިޔާބު ކުރީ 0-3ން ނެވެ. މީގެ ކުރިން އެ ސްކޫލުން ވަނީ ގުރައިދޫ ސްކޫލާއި ފިންލެންޑް ސޫލް ވެސް ބަލިކޮށްފައެވެ.
އިއްޔެ ހަވީރު ކުޅުނު މެޗްގައި ހުރަވީ ކޮލަށް ފުރަތަމަ ލަނޑުޖެހީ އަޙުމަދު މަންހާލް އާޒިމެވެ. ދެވަނަ ލަނޑުޖެހީ އާދަމް ހުމާމް ޞާބިރެވެ. އިމާދުއްދީނުގެ ފަހު ލަނޑުޖެހީ އިތުރު ވަގުތުގައި މުޙައްމަދު އިނާނެވެ.
advertisment
ހިޔާލު