އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ދަރުމަވަންތަ ސްކޫލްގެ ކޮޅަށް މަޖީދިއްޔާއިން ހަ ލަނޑުޖަހައިފިއެވެ. ދަރުމަވަންތައަކަށް މި މެޗްގައި ލަނޑެއް ނުޖެހެއެވެ. މަޖީދިއްޔާގެ ޢަބްދުﷲ އާއިޝް އަލީ ވަނީ އޭނާގެ ލަނޑުޖެހުމުގެ ހުނަރު ދައްކައި، މަޖީދިއްޔާ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. ދެން މަޖީދިއްޔާއަށް ލަނޑެއް ޖަހައި ދިނީ ތަޙްމީދު އަލީ ޝަފީޤެވެ.

ދަރުމަވަންތަ ކުޅުނު ތިން މެޗުން ބަލިވެފައިވާއިރު، އެ ސްކޫލުގެ މައްޗަށް ހޯދި މޮޅާއެކު މަޖީދިއްޔާ އޮތީ، ތިންމެޗުން ހަ ޕޮއިންޓް ލިބި ޓޭބަލްގެ ދެވަނައިގައެވެ.
advertisment
ހިޔާލު