އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް: އަޙްމަދިއްޔާ ބަލިކޮށް، ހަ ޕޮއިންޓާއެކު ކަލާފާނު ހަމަޖެހިލައިފި

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު، އަހުމަދިއްޔާއާ ބައްދަކުކޮށް ހޯދި ތިން ޕޮއިންޓާއެކު ލީޑް ފުޅާކޮށްފިއެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ކަލާފާނު މި ވަގުތު އޮތީ ޓޭބަލްގެ އެއްވަނައިގައެވެ. އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވުމުން އަހުމަދިއްޔާއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އަހުމަދިއްޔާގެ މައްޗަށް ކަލާފާނުން ކުރި ހޯދީ ބޮޑު ތަފާތަކުން- ފޮޓޯ: އެފްއޭއެމް

ކަލާފާނުން ފަސް ލަނޑުޖެހިއިރު އަޙްމަދިއްޔާއަށް ޖެހުނީ އެންމެ ލަނޑެކެވެ. ކަލާފާނުގެ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓްގައި އަޙުމަދު އަފްނާން އަލީއެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑުޖެހި އާކިފް ބިން މުޙައްމަދެވެ. އަހުމަދިއްޔާއިން ޖެހި ހަމައެކަނި ލަނޑުޖެހީ މުޙައްމަދު އަލްސަން ނާސިފެވެ. ކަލާފާނުގެ ހަތަރުވަނަ ލަނޑުޖެހީ 29 ވަނަ މިނެޓްގައި އަލްސަން އަޙުމަދު ނަސީމެވެ. އޭގެ ހަ މިނެޓް ފަހުން ފަސްވަނަ ލަނޑު ޖަހައިދިނީ އަނާން އިބްރާހީމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *