އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އެންހެން ޑިވިޜަންގެ ފައިނަލަށް އއ. އަތޮޅު ތަޢުލީމީ މަރުކަޒާއި އިސްކަންދަރު ސްކޫލް ދަރުތުރުކޮށްފިއެވެ.
އއ. އޭއީސީ ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ތާޖުއްދީން ސްކޫލާ ބައްދަލުކޮށް 16-12ގެ ތަފާތަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ އއ. އޭއީސީގެ އައިޝަތު އިނާ އާތިފެވެ.

އިސްކަންދަރު ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ގުޅީ ސްކޫލާ ބައްދަލުކޮށް 17-11ގެ ތަފާތަކުންނެވެ.
ފައިނަލް މެޗް ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 19:50 ގައެވެ.
advertisment
ހިޔާލު