އިންޓަ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ރެހެންދި ސްކޫލް ހޯދައިފިއެވެ.
އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކަލާފާނު ސްކޫލާ ވާދަކޮށް 1-2 ގެ ތަފާތަކުންނެވެ.
ފައިނަލް މެޗްގައި ލީޑް ނެގީ 18 ވަނަ މިނިޓްގައި މުހައްމަދު މީކާއީލް އަބްދުﷲ މަސްއޫދެވެ. ރެހެންދިން ނަތީޖާ ހަމަހަމަ ކުރީ، އޭގެ 17 މިނެޓް ފަހުން، ޝާއިން އިބްރާހިމް ރަމީޒެވެ.
ރެހެންދިއަށް ތަށި ޔަޤީންކޮށްދިން ލަނޑުޖެހީ އަބްދުﷲ އައްވަލް މައުރޫފެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ރެހެންދި ޓީމުގެ އަހުމަދު އަކުމަލް ނިޒާމެވެ. 12 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ޣާޒީ ސްކޫލްގެ އަހުމަދު އަޒްލާން އަލީއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ދަރުމަވަންތައެވެ.
advertisment
ހިޔާލު