ބާ އިމްތިޙާނުގައި ވިދާލީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ އިމްތިޙާނުގައި އެންމެ މަތިން ފާސްވި "ޓޮޕް އެޗީވަރސް" ގެ ގޮތުގައި 18 ދަރިވަރުން ހޮވުނުއިރު އޭގެ ތެރެއިން އެންމެ ގިނައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނެވެ.

"ޓޮޕް އެޗީވަރސް" ގައި އެ ޔުނިވަރސިޓީގެ ހަތް ދަރިވަރުން ހިމެނުނެވެ. އެންމެ މޮޅު ތިން ދަރިވަރުންގެ ތެރޭގައި ވެސް ޤައުމީ ޔުނިވަރސިޓީގެ ދަރިވަރަކު ހިމެނުނެވެ. އެއީ އިސްޙާގު ހުސައިންއެވެ. ދެން ހިމެނުނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ދެ ދަރިވަރުން ކަމުގައިވާ މުޙައްމަދު އަރުޒަމް އާސިފާއި، ހުސައިން ޒަމީލެވެ.

މި އިމްތިޙާނުގައި ބައިވެރިވި 66 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު، 68 އިންސައްތަ ދަރިވަރުންނަކީ އަލަށް މި އިންތިޙާނު ހެދި ދަރިވަރުންނެވެ. މި ދަރިވަރުންގެ ދަސްވެނިވުން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ބާ އިމްތިޙާން ދެނީ އަހަރަކު އެއްފަހަރުއެވެ. މި އިމްތިޙާނު ދެނީ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި އަސާސީ ބައެއް ހުނަރުތައް ދެނެގަތުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *