ޝަރުޠުހަމަވެ، ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުން މާލޭގެ ސްކޫލަކުން ކިޔަވާނަމަ ފައިސާގެ އެހީ ފޯރުކޮށްދޭނެ: އެޑިޔުކޭޝަން

ޝަރުޠުހަމަވެ، ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް މާލޭގެ އެހެން ސްކޫލަކުން އޭލެވެލް ހަދާނަމަ ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭ ސަރަޙައްދުގެ ސްކޫލުތަކުން ޘާނަވީ ނިންމާ އިމްތިޙާނުތައް ފުރިހަމަކޮށް 5 މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ޘާނަވީ ކިޔެވުމުގެ ޝަރުތު ހަމަވާ، ސީ.އެޗްއެސްއީ އިން ޖާގަ ނުލިބޭ ދަރިވަރުންނަށް، އަމިއްލަ ސްކޫލަކުން އޭ ލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި އެހީ ދެވެނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

" ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން ދަރިވަރެއް މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީ އަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ" އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭގެ ސަރަހައްދުގައި މިވަގުތު އޭލެވެލްއަށް ކިޔަވައިދެމުން ގެންދަނީ ސީއެޗްއެސްއީގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *