މުޙްޔިއްދީން ސްކޫލުން އެއްވަނަ ދަރިވަރުގެ މަޤާމް އަޙްމަދު ޒައިން މުޢުތަސިމް އާއި އެލީޝާ އަޙްމަދު އަބްދުލް ޝަކޫރު ހޯދައިފިއެވެ.
ޒައިންއަށް ލިބުނީ، 2024 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމެވެ. އެލީޝާއަށް ލިބުނީ 2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމެވެ.
މުޙްޔިއްދީން ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝާފީއުއެވެ.

މުޙްޔިއްދީން ސްކޫލުން އެއްވަނަ ހޯދި ޒައިންއަށް، ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބިފައިވެއެވެ. އަދި އޯލެވެލްގެ އިނގިރޭސި މާއްދާއާއި ހިސާބުން ދުނިޔެއިން އެއްވަނަ ލިބިފައިވެއެވެ. އަދި އިނގިރޭސި މާއްދާއާއި ހިސާބުގެ އިތުރުން ފިޒިކްސްއިން ރާއްޖެއިން އެއްވަނަ އޭނާއަށް ލިބިފައިވެއެވެ.
ގުރޭޑް1ން 10އަށް މުޙްޔިއްދީން ސްކޫލުން ކިޔެވި ޒައިން އެ ސްކޫލުގެ ޓީޗަރުންގެ އިތުރުން އިތުރު ޓީޗަރުންގެ އެހީތެރިކަން ހޯދާފައެއް ނުވެއެވެ.

2025 ވަނަ އަހަރު އެންމެ މޮޅު ދަރިވަރު އެލީޝާއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ލިބިފައިވެއެވެ. އޭނާއަށް ހަތަރު މާއްދާއިން އޭ ސްޓަރ ތިން މާއްދާއިން އޭ ސްޓަރ ލިބިފައިވެއެވެ.

2025 ވަނަ އަހަރު، އިނގިރޭސި މާއްދާއިން ކޭމްބްރިޖް އައުޓްސްޓޭންޑިންގ ލަރނާސް އެވޯޑް، މުޙްޔިއްދީން ސްކޫލުގެ ޔޫހާ ބިންތި ސަބާޙު ހޯދާފައިވެއެވެ. އަދި އޭނާ ވަނީ އިނގިރޭސި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ.
ޒައިން އާޢި އެލީޝާއަކީ ވެސް، ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ނަމޫނާ ދެއްކި ދެ ދަރިވަރުންނެވެ.
advertisment
ހިޔާލު