އެލައިޑް އިންޝުއަރަންސްގެ ފަރާތުން 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ކަމަށްވާ "އެލައިޑް އައިފޯން ޑްރޮޕް 2″ ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް އެންމެ ފަހުގެ އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭނެއެވެ. މި ކެމްޕޭން ކުރިއަށްދާނީ އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް @allied.mv މެދުވެރިކޮށް މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި ފުރަތަމަ "އައިފޯން ޑްރޮޕް" އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް އެލައިޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮމޯޝަނެކެވެ.
ބައިވެރިވާނެ ގޮތް:
- އިންސްޓަގްރާމުން @allied.mv ފޮލޯކުރުން.
- އައިފޯން ޑްރޮޕް ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުން.
- ކޮމެންޓް ސެކްޝަންގައި 3 ރައްޓެހިން ޓެގްކުރުން.
އިތުރު ފުރުސަތެއް ހޯދުމަށްޓަކައި، މި ޕޯސްޓް އިންސްޓަގްރާމް ސްޓޯރީއަށް ލުމަށްފަހު @allied.mv ޓެގް ކުރެވިދާނެއެވެ. ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރައްޓެހިން ޓެގްކޮށްގެން ގިނަ ފަހަރު ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ 31 ޑިސެމްބަރުގެ 23:59 އެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2027 ގައި @allied.mv އިން ކުރިއަށްގެންދާ ލައިވް ގުރުއަތަކުންނެވެ.
މި ޕްރޮމޯޝަނާ ގުޅޭ ފުރިހަމަ މައުލޫމާތާއި އުސޫލުތައް @allied.mv ގެ ގިވްއަވޭ ޕޯސްޓުން ލިބެން ހުންނާނެއެވެ. މިއީ އިންސްޓަގްރާމް، މެޓާ ނުވަތަ އެޕަލް ކުންފުންޏާ ގުޅުމެއް އޮވެގެން ނުވަތަ އެ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިންގާ ޕްރޮމޯޝަނެއް ނޫނެވެ.
advertisment
ހިޔާލު