ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީން މި އަހަރުގެ ފުރަތަމަ ޓާމުގައި 542 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ދެ ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ދަންފަޅީގައި 98 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މެންދުރު ފަހު ކުރިއަށް ގެންދިޔަ ދަންފަޅީގައި 444 ދަރިވަރުން ދަސްވެނިވެފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ޓާމުގައި އައިޔޫއެމްގެ ދަސްވެނިވީންގެ ތެރޭގައި ހިމެނެނީ، ޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން ދަސްވެނިވާ 322 ދރިވަރުންނާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން ދަސްވެނިވާ 14 ދަރިވަރުންގެ އިތުރުން ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުންނެވެ. އަދި މީގެ އިތުރުން ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ކޯސްތަކުން ދަސްވެނިވި 132 ދަރިވަރުންވެސް ހިމެނެއެވެ.
advertisment
ހިޔާލު