ފޮތްތެރި ފަތިސް ފޮތް ހެދުމުގެ މުބާރާތަށް ފޮތް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު 10އަށް އިތުރުކޮށްފި

ފޮތްތެރި ފަތިސް ފޮތް ހެދުމުގެ މުބާރާތަށް ފޮތް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު 10އަށް އިތުރުކޮށްފިއެވެ.

ޔުނިވަރސަލް ފައުންޑޭޝަނާއި ދަރިވަރު ނޫސް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތަށް ފޮތް ހުށައެޅުމުގެ މުއްދަތު އިތުރު ކުރީ ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ފޮތްތެރި ފަތިސް ފޮތް ލިޔުމުގެ މުބާރާތައް ފޮތް ހުށައެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގެ ރޭ 00:00އެވެ.

13އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ފޮތް ހަދަން ދަސްކޮށްދިނުމަށް "ދަރިވަރު ނޫސް" މެދުވެރިކޮށް ޚާއްޞަ ސެޝަނެއް ވެސް ދަރިވަރު ނޫހުން ވަނީ ބާއްވާފައެވެ.

"ފޮތްތެރި ފަތިސް" ފޮތް ލިޔުމުގެ މުބާރާތް ކުރިއަށް ގެންދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން ވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 (ތިންހާސް) ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2،000 (ދެހާސް) ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މި މުބާރާތަށް ފޮތް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 30 ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *