ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޤާއިމް ކުރި "އައިޔޫއެމް ލީގަލް ކުލިނިކް"ގެ ޚިދުމަތް ސީދާ ރައްޔިތު މީހާހަމައަށް ފޯރިކޮށްދިނުމުގެ މަސައްކަތް އެ ކުލިނިކުން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހުއްދައިގެ ދަށުން ހުޅުވި ފުރަތަމަ ލީގަލް ކްލިނިކް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުއެވެ. އެ ކުލިނިކު ހުޅުވައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޒު އަބްދުލް ޣަނީ މުހައްމަދެވެ.
"އައިޔޫއެމް ލީގަލް ކުލިނިކް" އަކީ، ޤާނޫނީ ވަކީލަކަށް ބޭނުންވާ ދަރިވަރުން ތަމްރީނުކުރުމަށާއި ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ޤާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުން އާންމުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޒަމާނީ ވަޞީލަތްތަކާޢެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޤާއިމްކޮށްފައިވާ ކުލިނިކެކެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 46 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދިވެހިރައްޔިތުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުލިނިކުން ދަނީ ފޯރުކޮށްދޭން ފަށާފައެވެ. އެގޮތުން ޤާނޫނީ ލަފާދިނުމާއި މައްސަލައިގެން ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުމާއި، އެއްބަސްވުންތައް ތައްޔާރުކުރުމާއި ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ. މި ހުރިހާ ޚިދުމަތެއް އެ ކުލިނިކުން އާންމުންނަށް ފޯރުކޮށްދޭނީ ފީއެއް ނެގުމަކާނުލައެވެ.
އާންމު ފަރާތްތަކުން ޤާނޫނީ އެހީތެރިކަން ބޭނުންވާ މައްސަލައެއް އައިޔޫއެމް ލީގަލް ނުލިނިކަށް ހުށައެޅުމުން، އެ މައްސަލައެއް ދިރާސާކުރުމަށްޓަކައި ޤާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއް އައްޔަންކޮށް މައްސަލަ ދިރާސާ ކުރެއެވެ. އަދި އޭގެ ފަހުން ޤާނޫނީ ވަކީލަކާއެކު ބައްދަލުވުން އިންތިޒާމްކޮށް މައްސަލަ ހުށައެޅި ފަރާތާއެކު އައިޔޫއެމް ލީގަކް ކުލިނިކުގައި ބައްދަލުކޮށް ޤާނޫނީ ލަފާ ދޭނެއެވެ.
ގާނޫނީ އެހީތެރިކަން ހިލޭ ހޯދަން ބޭނުންވާ ނަމަ، ގޫގުލް ފޯމް މެދުވެރިކޮށް މައްސަލަ ހުށައެޅޭނެއެވެ.
advertisment
ހިޔާލު