ނ. މިލަދޫ ހިދާޔާ ސްކޫލްގައި އަށް ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައި ވަނީ 17.4 ސަތާރަމިލިއަން ރުފިޔާއެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަން އެކުންފުނިން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.
advertisment
ހިޔާލު