މައްކާގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒް ޤުރްއާން މުބާރާތުގައި ރާްއްޖެއިން ބައިވެރިވާނެ ފަރާތްތައް ހޯދަނީ

މޮރޮކޯގައި އޮންނަ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިޔަކު ހޮވުމަށް ބޭއްވި އޮޑިޝަނުގެ ތެރެއިން- ފޮޓޯ: ޤުރްއާނާ ބެހޭ މަރުކަޒު

މި އަހަރު ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބާއްވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“  ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައިވާތީ އެ މުބާރާތުގައި ރާއްޖެއޮން ބައިވެރިވާނެ ފަރާތްތައް ހޯދަން އިއުލާން ކޮށްފިއެވެ.

ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނެފައިވާގޮތުން، މި މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއެއް، ހޮވާނެ ކަމަށެވެ.

މި މުބާރާތަށް ބައިވެރިން ހޮވުމުގައި ބަލާނެ އާންމު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުމާއި (14 އޮގަސްޓް 2002 އަށް ވުރެ ފަހުން އުފަންވެފައިވާ ފަރާތަކަށްވުން) ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމުގެ އިތުރުން މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުމެވެ.

ބައިވެރިވާ ކެޓަގަރީތަކަށް ޚާއްޞަކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ،  މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއި (މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.)

ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމެވެ. (މި ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސް ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.)

ޤުރްއާނާ ބެހޭ މަރުކަޒުން ބުނިގޮތުގައި، މި މުބާރާތަށް ބައިވެރިން، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ. ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުމާއެކު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި މުބާރާތުގައި ބައިވެރިވާން ގޫގުލްފޯމު  ހުށަހަޅަންޖެހެއެވެ. 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *