އިލެކްޓްރޯނިކް ކުނިބުނީގެ މައްސަލަ ހައްލު ކުރުމަށް ޒުވާނުން އިސްނަގައިގެން ހެކަތޯންއެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ. "އީ ވޭސްޓް ހެކަތޯން" ގެ ނަމުގައި މި ހަރަކާތް އިމްތިޒާމް ކުރަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނެވެ. ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އާއި ވެމްކޯ އާއި އައިއީއީއީ މޯލްޑިވްސްގެ ފަރާތުން ވެސް މި ހެކަތޯންގައި ބައިވެރިވެއެވެ.
މި ހަރަކާތް އިފްތިތާހު ކުރާނީ 14 ސެޕްޓެމްބަރުގައެވެ. މި ހެކަތޯން އޮންނާނީ ސެޕްޓެމްބަރު 28ން އިން 7 އޮކްޓޫބަރަށެވެ.

އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓޭކިން ދަ އީ-ވޭސްޓް ކްރައިސިސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ހެކަތޯންގައި ހައި ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުން، ތިނެއް ނޫނީ ފަސް މީހުންނަށް ޓީމެއްގެ ގޮތުގައި ބައިވެވެއެވެ. އީ-ވޭސްޓް ރިސައިކަލް ކުރުމާއި، އަޕްސައިކްލިން ކުރުމާއި، އާންމުން ހޭލުންތެރި ކުރުވުމާއި ގުޅޭ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ޓެކްނޮލޮޖީ، ޑިޒައިން، އިންޖިނިއަރިން އަދި ސަސްޓެއިނަބިލިޓީގެ ދާއިރާއިން ބައިވެރިން ތަޖުރިބާ ކުރާނެއެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ އީ-ވޭސްޓްގެ މައްސަލަ އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ހޯދުމުގެ އިތުރުން، ރާއްޖޭގެ ޒުވާނުންގެ މެދުގައި ތިމާވެށީގެ ގޮތުން ޒިންމާދާރު ކުރުވުމެވެ
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާ މި އިވެންޓުގައި ހިމެނެނީ ސަސްޓެއިނަބިލިޓީ، ވޭސްޓް މެނޭޖްމަންޓް އަދި އިނޮވޭޝަންގެ ތަޖުރިބާކާރުމާއި އިސްނަގައިގެން ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމާއި އައިޑިއޭޝަން އަދި ޑިވެލޮޕްމެންޓް ޕްރޮސެސްގައި ޓީމުތަކަށް މަގު ދައްކައިދިނުމެވެ. މެންޓަރޝިޕް ސެޝަންތަކުގެ އިތުރުން ކުނި ނައްތާލަން ކުރާ މަސައްކަތް ބަލާލުމުގެ ފުރުޞަތު ބައިވެރިންނަށް މި ހަރަކާތުގެ ތެރެއިން ދޭނެއެވެ.
ހެކަތޯންގައި ބައިވެރިވާ ޓީމުތަކުގެ ފައިނަލް ޕްރެޒެންޓޭޝަންތައް ބައިވެރިން ޖަޖުންގެ ޕެނަލަކަށް ހުށަހަޅައި މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. "މި ހެކަތޯންގެ ސަބަބުން ތިމާވެށީގެ އެންމެ ބޮޑު އެއް ގޮންޖެހުމަށް ހައްލު ހޯދުމުގައި ޒުވާނުންނަށް ފުރުސަތު ލިބިގެންދާނެ" ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އެއްބާރުލުމާއި، އީޖާދުތަކާއި، ތަޢުލީމުގެ ޒަރީޢާއިން، ދެމެހެއްޓެނިވި ވަށާޖެހޭ އިޤްތިޞާދެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
advertisment
ހިޔާލު