ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ ސްކޮލަރޝިޕް ޕްރޮގްރާމެއް ހިންމަފުށީ ކައުންސިލުން އިއުލާންކޮށްފި

ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ ސްކޮލަރޝިޕް ޕްރޮގްރާމެއް ހިންމަފުށީ ކައުންސިލުން ކުރިއަށް ގެންދަން ނިންމައި ސްކޮލަރޝިޕްގެ ދަށުން ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެރަށު ކައުންސިލުން ވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުވެސް އެކުލަވާލައި އާންމު ކޮށްފައެވެ. "ހިންމަފުށީ މަތީތަޢުލީމް ސްކޮލަރޝިޕް " ގެ ނަމުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހިންމަފުށީގެ ދަރިވަރުންގެ ތެރެއިން ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރުއެޅުމާއި ރަގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމާއި ރަށުގައި ތަޢުލީމީގޮތުން ކުރިއަރާފައިވާ ދަރިވަރުން ބިނާކުރުމުގެ މަޤުޞަދުގައެވެ.

މަތީ ތައުލީމު ފޯރުކޮށް ދިނުމަށް ހިންމަފުށީ ކައުންސިލުން އެކުލަވާލި އުޞޫލުގައި ބުނެފައިވާ ގޮތުން ސްކޮލަރޝިޕް ދެނީ، ކ.ހިންމަފުށި ސްކޫލުގައި 2021 އިން 2024ގެ ނިޔަލަށް ތަޢުލ މު ޙާސިލްކޮށް ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން މަތ ވަނަތަށް ހާސިލްކޮށްފައިވާ ދަރިވަރުން އަދި 2025 އިން ފެށިގެން ކ.ހިންމަފުށ ސްކޫލުން ތަޢުލީމު ޙާސިލްކޮށް ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން "ބެސްޓް އޯލް ރައުންޑް" ޙާސިލްކުރާ ދަރިވަރަށް އަދި 2025 އިން ފެށިގެން ނޭޝަނަލް ޓޮޕް ޓެންގެ ވަނައެއް ހާސިލް ކުރާ ހިންމަފުށީގެ ރަށްވެހިކަމުގައިވާ ދަރިވަރުންނަށެވެ.

ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ދެނީ ، ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ކޮލެޖް  ޔުނިވަރސިޓ ތަކުން ދަރިވަރުގެ އަމިއްލަ ޚަރަދުގައި ކިޔަވާ ސަނަދުތަކަށެވެ މިގޮތުން ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީ އާ ހަމައަށް އެ ދަރިވަރަކު ކިޔެވުމަށް ބޭނުން ދަރަޖައަކާއި ހަމައަށް މި ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ދެވޭނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ރައްޖެއިން ބޭރުން ކިޔެވުމުގެ ފުރަސަތު ދެވޭނީ ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް އެދަރިވަރަކު ކިޔެވުމަށް ބޭނުން ދަރަޖައަކާއި ހަމައަށް ކައުންސިލުން ކަނޑައަޅާ ދާއިރާތަކުގެ ކޯސްތަކަށް ކިޔަވާ ދަރިވަރުންނަށެވެ.

ސްކޮލަރޝިޕްގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ކޯހުގެ ޓިއުޝަން ފީއާއި ރެޖިސްޓްރޭޝަން ފީއާއި، އެޑްމިނިޝް ޓްރޭޝަން ފީއާއި އެގްޒެމިނޭޝަން ފީގެ އިތުރުން އެފަދަ ކޯހާއި ގުޅުންހުރި އެންމެހާ އެހެނިހެން ފީތަކެވެ.

ސްކޮލަރޝިޕްގެ ދަށުން ސްޓައިޕެންޑް ގެ ގޮތުގައި ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ،  ކޮންމެ މަހަކަށް ރާއްޖޭގައި ހުރެގެން ކިޔަވާ ކޯސްތަކަށް 2500 ރުފިޔާ، ރާއްޖޭން ބޭރުން ކިޔަވާ ކޯސްތަކަށް 5000 ރުފިޔާއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލާން ދިފައި ވަނީ މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *