ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށާ އޮކިއުޕޭޝަނަލް ތެރަޕީ ކޯހަށް ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީން އެކްރެޑިޓޭޝަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
ބެޗްލަރސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކޯސް ފަރުމާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ޕްރޮގްރާމަށް ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ އެކްރެޑިޓޭޝަން ހޯދުމަށް ކުރަން ޖެހޭ މަސައްކަތުގައި ބައިވެރިވުމަށް އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިން މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާފައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއަރޕާސަން އާމިނަތު ތޫހާ އަދުލީއެވެ. އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މެމްބަރެކެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން ޑރ. އައިޝަތު ޝަނޫރާ ވިދާޅުވީ، އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނު ކުރަން އެ ފެކަލްޓީން އެކުލަވާލާ ހަތަރު އަހަރުގެ ކޯހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތް ކުރައްވާ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާ ގުޅިގެން ޤައުމަށް ބޭނުންވާ ތެރަޕިސްޓުން ތަމްރީނުކުރުން ކަމަށެވެ. 2025 ވަނަ އަހަރުގެ ދެވަނަ ޓާމުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ކޯސް ފަށަގަނެވޭނެ ކަމަށައި ކޯސް ފެށުމަށް ލެބަށް ބޭނުންވާ އެއްޗިއްސާއި ކިޔަވައިދޭން ބޭނުން ކުރާ ފޮތްތަކާއި ކިޔަވައި ދެއްވާނެ މުދައްރިސުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޑރ. ޝަރޫނާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ އެ ކޯސް ފަރުމާކުރަނީ ފަންނީ ބޭފުޅުންގެ ލަފައާއެކު އިންޓަރނޭޝަނަލް ޔުނިވަރސިޓީތަކާ ބެންޗްމާކުކޮށް އަދި ވޯލްޑް އޮކިއުޕޭޝަނަލް ތެރަޕީ ފެޑެރޭޝަންގެ މިނިމަން ސްޓޭންޑަޑް އޭގައި ހިމެނޭ ގޮތަށެވެ.
އޭނާ ވިދާޅުވީ، އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާއެކު ސޮއިކުރި އެމްއޯޔޫއާއެކު އެ ކޯހަށް އިންޓަރނޭޝަނަލް އެކްރެޑިޓޭޝަން ލިބުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ފުރަތަމަ މަރުހަލާ ކާމިޔާބުވީ ކަމަށެވެ. އަދި ވިދާޅުވީ އެ ކޯސް ވެގެން ދާނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އިންޓަރނޭޝަނަލީ އެކްރެޑިޓެޑް ލިބޭ ފުރަތަމަ ކޯހަށް ކަމަށެވެ.

"މި ކޯސްވާނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލާ ވޯލްޑް ފެޑަރޭޝަން އޮކިއުޕޭޝަނަލް ތެރަޕީ އަދި އެމްކިޔުއޭ ޤަބޫލުކުރާ ކޯހަކަށް" ޑރ. ޝަރޫނާ ވިދާޅުވިއެވެ.
ޑރ. ޝަރޫނާ ވިދާޅުވި ގޮތުގައި، އިންޑަސްޓްރީއާ ގާތް ގުޅުމެއް އޮތުމަކީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދާން ފަހިވެގެންދާ ފުރުޞަތު ތަކެއް ކަމަށާއި އަދި ކޯހުން ދަސްވެނިވާ ދަރިވަރުންގެ ޤާބިލުކަން ކަށަވަރު ކުރެވޭނެ އިތުރު މަގެކެވެ. އަދި ވަޒީފާގެ މާހައުލަށް ލޯ ހުޅުވިފައިވާ މިންވަރު އިތުރުކޮށްދޭނެ ކަމެކެވެ.
ތޫހާ ވިދާޅުވީ، އެ ޖަމިއްޔާގެ މަޤްޞަދަކީ އޮކިއުޕޭޝަނަލް ޕްރެފެޝަން ކުރިއެރުވުން ކަމަށާއި މި ވަގުތު ތިބީ އެންމެ ތިން ދިވެހި ތެރަޕިސްޓުން ކަމަށެވެ.
އޭނާ ވިދާޅުވީ، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އިތުރު ކުރުމަށް އެމްއެންޔޫގެ ބެޗްލާސް ޕްރޮގްރާމް ޑިވެލޮޕް ކުރަމުން އަންނައިރު އެ ޖަމިއްޔާގެ ޓާގެޓަކީ އެ ޕްރޮގްރަމަކީ ވޯލްޑް ފެޑަރޭޝަން އޮކިއުޕޭޝަނަލް ތެރަޕީން އެކުރެޑިޓް ކޮށްފައިވާ ކޯހަށްވުމެވެ.
ވޯލްޑް ފެޑެރޭޝަން އޮއިކުޕޭޝަނަލް ތެރަޕީއަކީ ދުނިޔޭގައި އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް މޮނީޓަރކޮށް އެކްރެޑިޓްކުރާ އިންޓަރނޭޝނަލް ބޮޑީއެކެވެ.
" އަޅުގަނޑުމެން ބޭނުން ވަނީ އެމްއެންޔޫއިން ކިޔަވައި ނިންމާ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަކީ އިންޓަރނޭޝނަލް ލެވެލްގައި ކޯސް ފުރިހަމަވާ ބަޔަކަށް ވުން" އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ތޫހާ ވިދާޅުވިއެވެ.
advertisment
ހިޔާލު