ތޮއްޑޫ ސްކޫލުން އެއްވަނަ ދަރިވަރުންނަށް އިއާދުއާއި މުސާއިދު

ފާއިތުވި 2022-2023 ވަނަ އަހަރު ތޮއްޑޫ ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް މުޙައްމަދު މުސާއިދާއި މުޙައްމަދު އިޔާދު އަޙްމަދު ހޮވައިފިއެވެ.

މުސާއިދު އެއްވަނަ ހޯދީ ސާނަވީންނެވެ. އިޔާދު އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.

ފާއިތުވި ދިރާސީ އަހަރު ތޮއްޑޫ ސްކޫލުން އޭލެވެލް އިމްތިޙާނުން އެންމެ މަތީ ނަތީޖާއެއް ޙަސިލްކުރި ދަރިވަރު، މުޙައްމަދު އިޔާދު އަޙްމަދަށް ޝަރަފުވެރިމެހުމާން އިނާމް ހަވާލުކޮށްދެއްވަނީ- ފޮޓޯ: ތޮއްޑޫ ސްކޫލް

ތޮއްޑޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދެވެ.

ފާއިތުވި ދިރާސީ އަހަރު ތޮއްޑޫ ސްކޫލުން އޯލެވެލް އިމްތިޙާނުން އެންމެ މަތީ ނަތީޖާއެއް ޙަސިލްކުރި ދަރިވަރު، މުޙައްމަދު މުސާއިދަށް ޝަރަފުވެރިމެހުމާން އިނާމް ހަވާލުކޮށްދެއްވަނީ- ފޮޓޯ: ތޮއްޑޫ ސްކޫލް

މުސާއިދަކީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ފަސް މާއްދާއިން އޭ ސްޓަރ، ތިން މާއްދާއިން އޭ ހޯދައިގެން ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ އޭނާ ވަނީ ހޯދާފައެވެ.

2022-2023 ވަނަ ދިރާސީ އަހަރު ތޮއްޑޫ ސްކޫލުން 28 ދަރިވަރުން ސާނަވީ އިިމްތިޙާނުގައި ބައިވެރިވިއެވެ. އޭގެ ތެރެއިން 13 ދަރިވަރުން ފަސް މާއްދާއިން ފާސްވިއެވެ. އެއީ ބައިވެރިވި ދަރިވަރުންގެ 46 އިންސައްތައެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް 423 ދަރިވަރުން ކިޔަވައިދޭ ތޮއްޑޫ ސްކޫލުގައި ކިޔަވަމުން ގެންދިޔައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *