ފާއިތުވި 2022-2023 ވަނަ އަހަރު ތޮއްޑޫ ސްކޫލުން އެންމެ މޮޅު ދަރިވަރުންނަށް މުޙައްމަދު މުސާއިދާއި މުޙައްމަދު އިޔާދު އަޙްމަދު ހޮވައިފިއެވެ.
މުސާއިދު އެއްވަނަ ހޯދީ ސާނަވީންނެވެ. އިޔާދު އެއްވަނަ ހޯދީ މަތީ ސާނަވީންނެވެ.

ތޮއްޑޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ޣާޒީ ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުޙައްމަދެވެ.

މުސާއިދަކީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ފަސް މާއްދާއިން އޭ ސްޓަރ، ތިން މާއްދާއިން އޭ ހޯދައިގެން ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ އޭނާ ވަނީ ހޯދާފައެވެ.
2022-2023 ވަނަ ދިރާސީ އަހަރު ތޮއްޑޫ ސްކޫލުން 28 ދަރިވަރުން ސާނަވީ އިިމްތިޙާނުގައި ބައިވެރިވިއެވެ. އޭގެ ތެރެއިން 13 ދަރިވަރުން ފަސް މާއްދާއިން ފާސްވިއެވެ. އެއީ ބައިވެރިވި ދަރިވަރުންގެ 46 އިންސައްތައެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް 423 ދަރިވަރުން ކިޔަވައިދޭ ތޮއްޑޫ ސްކޫލުގައި ކިޔަވަމުން ގެންދިޔައެވެ.
advertisment
ހިޔާލު