ލީޑަރޝިޕް ޕްރޮގްރާމް ތިން އަތޮޅަކުން 27 ޕްރިންސިޕަލުންނަށް

ލީޑަރޝިޕް އެންހޭންސްމެންޓް ވޯކްޝޮޕް މި ފަހަރު ގެންދިޔައީ ތ، މ އަދި ލ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށެވެ. މި ވޯކްޝޮޕްގައި މި ތިން އަތޮޅުން 27 27 ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތ، މ އަދި ލ އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ލީޑަރޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.
2 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ބޭފުޅެއްކަމަށްވާ ޑރ. ބާލަސަންދުރައެވެ.
ލ. އަތޮޅުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ބޭއްވި މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙުމަދު މުޙައްމަދެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ބައިވެރީންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ހިންގެވުމާ ޙަވާލުވެ ހުންނެވި ޢަލީ މުފީދެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން، ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި ސިލްސިލާގެ ވޯކްޝޮޕްތައް މިހާތަނަށް ވަނީ ގދ، ގއ، ކ،  މާލެ ސިޓީ،  އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގެ އިތުރުން މ، އއ އަދި ވ އަތޮޅުގައިވެސް ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *