ހިތަދޫ ސްކޫލަށް 50 އަހަރު: އަހަރީ އެސެމްބްލީ މިއަދު ހެނދުނު، ހިނގާލުން މިއަދު ހަވީރު

ހިތަދޫ ސްކޫލަށް 50 އަހަރު މިއަދު ފުރިއްޖެއެވެ. ރަންޔޫބީލް ޚާއްޞަ އެސަމްބްލީ މިއަދު ހެނދުނު އެ ސްކޫލުގައި ވަނީ ބާއްވާފައެވެ. ޝަރަފުވެރިކޮށް ދެއްވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، މިހާރު ސީއެޗްއެސްއީ މާލޭގެ ޕްރިންސިޕަލް އަބްދުﷲ ދީދީ (ޑީޑީ) އެވެ.

އެސަމްބްލީގައި ޑީޑީ ފާހަގަކުރެއްވީ، އެތައް އަހަރެއްގެ ފަހުން މިއަދު ހިތަދު ސްކޫލަށް ވަންއިރު އެ ސްކޫލުން ފެންނަނީ ކުރިން އޮތް އެއްބައިވަންތަ ކަމުގެ ރޫޙު ކަމަށެވެ. ޑީޑީ ވަނީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީތައް ވެސް ފާހަގަ ކުރައްވާފައެވެ.

ހިތަދޫ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ރަންޔޫބޫލް ހިނގާލުން ފަށާނީ މިއަދު ހަވީރު 4:00 ގައި އެ ސްކޫލުންނެވެ. އާންމުކޮށް ހުޅުވާލާފައިވާ މި ހިނގާލުމުގައި އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިން ބައިވެރިވާނެއެވެ. ހިތަދޫ އާރިކިލި ސަރަހައްދަށް މި ހިނގާލުން ނިންމާލުމަށްފަހު، އެ ތަނުގައި ރަންޔޫބީލް ކޭކު ފެޅުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް ހިތަދޫ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *