ފެބުރުވަރީގައި ފަށާ 150 އަށްވުރެ ގިނަ ކޯހަށް އެމްއެންޔޫއިން ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އަންނަ އަހަރުގެ ފެބްރުއަރީ ފަށާ 150 އަށްވުރެ ގިނަ ކޯސްތަކަށް ހުޅުވާލައިފިއެވެ. އެ ޔުނިވަރސިޓީން ބުނީ، ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ 14:00 ކަމަށެވެ.

އެމްއެންޔޫއިން ހުޅުވާލި ކޯސްތަކުގެ ދާއިރާތައް:

  • ކޮމްޕިއުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ނަރސިންގ އެންޑް މެޑިސިން
  • ހެލްތް ކެއަރ އެންޑް ސައިންސަސް
  • އެޑިޔުކޭޝަން އެންޑް ޓްރެއިނިން
  • އާކިޓެކްޗަރ، ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ
  • ނެޗުރަލް އެންޑް އެންވަޔަރަންމަންޓަލް ސައިންސް
  • ބިޒްނަސް، މެނޭޖްމަންޓް އެންޑް މާކެޓިން
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • ޝަރީއާ، ލޯ އެންޑް އިސްލާމިކް ސްޓަޑީޒް
  • ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް
  • އާޓްސް އެންޑް ލެންގުއޭޖްސް
  • މެރިޓައިމް ސްޓަޑީޒް
  • އިންޓަނޭޝަނަލް ރިލޭޝަންސް، ޖާނަލިޒަމް އެންޑް ޕޮލިޓިކްސް
  • ފައުންޑޭޝަން
  • ދަނޑުވެރިކަން
  • ފިޝަރީޒް އެންޑް މެރިން ސައިންސް

އެމްއެންޔޫއިން ބުނީ، ކޯސްތަކުގެ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓު ން ބަލާލެވޭނެ ކަމަށެވެ. އަދި ޖާގަ ހުރި ކޯސްތަކުގެ ލިސްޓަށް ބަދަލު އަންނަ މިންވަރަކުން އެ ވެބްސައިޓުގައި ހާމަކުރަމުންދާނެ ކަމަށެވެ.

ކޯސްތަކަށް އެޕްލައި ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް، އޮންލައިކޮށެވެ. އޭގެއިތުރުން، ކޯސްތަކާ ގުޅުން ހުރި އިތުރު މައުލޫމާތު އެމްއެންޔޫގެ މެއިލްއަށް މެއިލް ކޮށްގެންނާއި 1445 އަށް ގުޅައިގެން ލިބޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *