ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ބައްޕާފުޅު ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޔޫސުފް (ކުވާ މުހައްމަދު މަނިކު ނުވަތަ ކުވާ މޮހޮދޭ) އަވަހާރަވެއްޖެއެވެ.

އަވަހާރަވި އިރު އުމުރުފުޅަކީ 78 އަހަރެވެ. އަވަހާރަވީ އައިޖީއެމްއެޗްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މުޙައްމަދު ޔޫސުފު އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އެކްސްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، މުޙައްމަދު ޔޫސުފަކީ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހްސާންތެރިއެއް ކަމަށެވެ.

" މަރްހޫމް މުހައްމަދު ޔޫސުފްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ.މާތްﷲގެ ދީލަތިވަންތަ ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް ލެހެއްޓެވުން އެދި ކުރާ ދުއާތައް ތަކުރާރުކުރަމެވެ. އާމީން" ރައީސް ޑރ. މުއިއްޒުގެ މެސެޖްގައި ވިދާޅުވެފައި ވެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *