ޗައިނާ އެމްބަސީގެ އެހީގައި ސީއެޗްއެސްއީ ހުޅުމާލޭގެ ކުލާސްރޫމްތައް އޭސީ ކުރަނީ

ސީއެޗްއެސްއީ ހުޅުމާލޭގެ ކުލާސްރޫމްތައް އޭސީ ކުރަން ބޭނުންވާ އޭސީ ޔުނިޓްތައް ޗައިނާ އެމްބަސީން ހަދިޔާ ކޮށްފިއެވެ.

އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީތައް ހަވާލުކޮށް ދެއްވީ ޗައިނާ ސަފީރު ވާން ލިޖިންއެވެ. އޭސީ ތަކާ ހަވާލުވެވަޑައިގެންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ " ކޫލް ސްކޫލް" ޕްރޮޖެކްޓް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދާއިރު، އެ ޕްރޮޖެކްޓަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރުން ހަދިޔާކުރީ ސީއެޗްއެސްއީ ހުޅުމާލޭގެ، 35 ކުލާސްރޫމަށް ބޭނުންވާ 76 އޭސީއެވެ. އޭސީ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ.

ސީއެޗްއެސްއީ ހުޅުމާލެ ހުޅުވިއިރު އެ ސްކޫލް އިމާރާތް ކޮށްފައި ވަނީ އޭސީ ހަރުކުރާ ގޮތަކަށް ނޫނެވެ. އެހެންވެ އޭސީ ކުރުމުގެ ކުރިން ކުލާސްރޫމްތަކަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ސީއެޗްއެސްއީ މާލެގައި އަލުން ކިޔެވުން ފެށިއިރު، އެ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކެއް ވަނީ އޭސީ ކޮށްފައެވެ.

ސީއެޗްއެސްއީ ހުޅުމާލޭގައި 1200 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *