މި އަހަރު ގުރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރުން ފަހު ޓާމުގެ މެދު ބަންދަށްފަހު ސްޓްރީމް ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. ފަހު ޓާމުގެ މެދު ބަންދަށްފަހު ކިޔެވުން ފަށާނީ ޖެނުއަރީ 5 ގައެވެ.
އެ މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެކު ބޭއްވުނު ޕޮލިސީ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ގިނަ އަދަދެއްގެ ޕްރިންސިޕަލުންގެ ލަފައާއެކުގައި ކަމަށެވެ.
2024 ވަނަ އަހަރުގެ ފަހު ޓާރމުގެ އިމްތިޙާންތައް ބޭއްވުމަސް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުވަރީ މަހުގެ 8ން 22އަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އިއްޔެ ފޮނުވި ސާކިއުލާގައި ބުނެފައިވާ ގޮތުގައި ގުރޭޑް 8 ގެ ދަރިވަރުން އިމްތިޙާން ކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ގުރޭޑް 8ގެ ދަރިވަރުން ކިޔަވާ ކޮންބައިންޑް ސައިންސް، ކޮންބައިންޑް ބިޒްނަސް އަދި ހިސާބުގެ މާއްދާގެ އިމްތިހާނުތައް ކުރިއަށް ގެންދާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 14ން 19އަށެވެ. މިއާއެކު ސޯޝަލް ސްޓަޑީޒް ހެލްތް އެންޑް ޕީއީ އަދި ކުރިއޭޓިވް އާރޓްސްގެ ފޯމެޓިވް އެސެސްމަންޓްތައް ވެސް ނިންމަންވާނެއެވެ.
އަދި މި ދަރިވަރުންގެ ފަހު ޓަރމް އިމްތިހާނުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދާނީ އަންނަ ފެބުރުވަރީ މަހުގެ 15ން 20އަށެވެ. މި ފިޔަވަހީގައި ދަރިވަރުން އިމްތިޙާނު ކުރާނީ އިސްލާމް ދިވެހި އަދި އިނގިރޭސި މާއްދާއިންނެވެ. ގުރޭޑް 8ގެ ދަރިވަރުން ސްޓްރީމް މާއްދާތައް ކިޔަވަމުން ދާއިރު އެސަސްމަންޓް ނާރނިންގ ކުރިއަށް ގެންދަން ވާނެ ކަމަށް ވެސް އެ ސަރކިއުލާގައި ބުނެފައިވެއެވެ.
advertisment
ހިޔާލު