ޞަލާޙުއްދީން ސްކޫލުގެ ޕްރިފެކްޓް ބޮޑާ އަލަށް 26 ދަރިވަރުން ގުޅިއްޖެއެވެ. ބުރާސްފަތި ދުވަހު، ބޭއްވި ޚާއްޞަ އެސެމްންލީގައި އެ ދަރިވަރުންގެ މަސްއޫލިއްޔާތާ ހަވާލުވުމުގެ އެއްބަސްވުން އިއްވަވައިދެއްވީ މުދައްރިސް، އަޙުމަދު ޖިހާދެވެ.

ޞަލާޙުއްދީން ސްކޫލުގައި، މި އަހަރު 2640 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދާއިރު ޕްރިފެކްޓުންގެ ޢަދަދަކީ މިހާރު 95 އެވެ.
ގުރޭޑު 8އިން 5 ދަރިވަރުންނާއި ގުރޭޑު 9އިން 9 ދަރިވަރުންގެ އިތުރުން ގުރޭޑު 10އިން 12 ދަރިވަރުން ވަނީ މި ފަހަރު އަލަށް ޕްރިފެކްޓުކަމަށް ހޮވިފައެވެ. މި އެސެންބުލީގައި ގުރޭޑު 8 އަދި 9އިން ޕްރިފެކްޓުންނަށް ހޮވުނު ދަރިވަރުންނަށް ޓެގު އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ސްކޫލުގެ ޑެޕިޔުޓީ ޕްރިންސިޕަލް، ޒަހީނާ ޢަބްދުﷲއެވެ. އަދި ގުރޭޑު 10ގެ ޕްރިފެކްޓުންނަށް ޓެގު އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޕްރިންސިޕަލް، ނާޞިޙާ އިދުރީސްއެވެ.

މި ޚާއްޞަ އެސެންބުލީގައި ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން، ޕްރިންސިޕަލް ވިދާޅުވީ، ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދުނިޔެއާއި އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް މުހިއްމުކަމެއް ކަމުގައެވެ. އަދި އަޚުލާޤީ ރިވެތި ސިފަތަކެއް ލިބިފައިވާ ކުދިބައެއްގެ ގޮތުގައި ޞަލާޙުއްދީން ސްކޫލު ދަރިވަރުން ތަރުބިއްޔަތުކުރުމަށް ޓަކައި އުނގަންނައިދިނުމުގެ ގޮތުން ކުރެވޭ އެންމެހައި ކަންކަމުގައި ބައިވެރިވެ، ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު