ޕާކިސްތާނު އެމްބަސީން ދަނގެތީ ސްކޫލަށް ކޮމްޕިއުޓަރ ލެބެއް

ޕާކިސްތާނު އެމްބަސީގެ ފަރާތުން އދ. ދަނގެތީ ސްކޫލަށް ކޮމްޕިއުޓަރ ލެބެއް ހަދިޔާ ކޮށްފިއެވެ. "ޤައިދުޢައްޒަމް މުޙައްމަދު ޢަލީ ޖިނާޙް ކޮމްޕިއުޓަރ ސެންޓަރ" ގެ ގޮތުގައި އެ ސްކޫލުގައި އަލަށް ޤާއިމް ކުރި ލެބަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށް ދިނީ ޕާކިސްތާނު އެމްބަސީންނެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 15 ކޮމްޕިއުޓަރާއި ކޮމްޕިއުޓަރ މޭޒާރި ގޮނޑިވެސް ހިމެނެއެވެ.

މި ލެބް ހުޅުވައި ދެއްވީ ދަނގެތީ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒު ގިލާނީއެވެ.

ދަނގެތީ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ނަތާޝާ ދަރިވަރު ނޫހަށް ވިދާޅުވީ، ޕާކިސްތާނު ރައްޔިތުންގެ ފަރާތުން އެ ސްކޫލަށް ވެދެއްވި ބޮޑު އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި އެ އެހީގެ ސަބަބުން ޑިޖިޓަލް ހުނަރުތަކަށް ދަރިވަރުން ބާރުވެރިކުރުވާ، އުނގެނެން ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ކޮމްޕިއުޓަރ ލެބް ހުޅުވުމާއެކު ކީސްޓޭޖް 2ން ފެށިގެން މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ލެބްގެ ބޭނުން ކުރަން ފަށާނެ ކަމަށާއި ބޭނުން ވަނީ ވަކި މާއްދާއެއްގެ ގޮތުގައި ކޮމްޕިއުޓަރ ސްޓަޑީޒް ތައާރަފު ކުރަން ކަމަށް ޕްރިންސިޕަލް ނަތާޝާ ވިދާޅުވިއެވެ.

" ފުރަތަމަ ގެންދާނީ ކޮމްޕިއުޓަރަށް އަހުލުވެރި ކުރުވުމުގެ ސެޝަންތަކެއް. އޭގެ ފަހުން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާނީ" ނަތާޝާ ވިދާޅުވިއެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައި ދެމުން އަންނަ ދަނގެތީ ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވަމުން ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *