ހދ. ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ. ޕްރިންސިޕަލަކު ނެތުމުން ފާއިތުވި ހަތަރު އަހަރު ވެސް އެ ސްކޫލް ހިންގުމުގެ ޒިންމާ އަދާކުރައްވަމުން ގެންދވަނީ ލީޑިންގ ޓީޗަރު، އާމިނަތު މާޖިދާއެވެ.
ހިރިމަރަދޫގައި އެންމެ ފަހުން ހުންނެވީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާ ހުންނެވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
37 ކުދިން ކިޔަވަމުންދާ ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު ހަވާނީ އަންނަ ބުރާސްފަތި ދުވަހުގެ 13:30 އަށެވެ.
ރޭންކް އެކެއް ގައި ހިމެނޭ ޕްރިންސިޕަލް މަޤާމުގެ ޝަރުޠަކީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން ނުވަތަ،
ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
ދެވަނަ ރޭންކުގެ ޕްރިންސިޕަލުންގެ ޝަރުޠަކީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކުގެ ޕްރިންސިޕަލުންގެ މުސާރައަކީ 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 9،534 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 17،985 ރުފިޔާއެވެ. 10،300 ރުފިޔާ ވަޒީފާގެ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާއިރު، ހާޒިރީ އެލަވަންސަކީ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 279 ރުފިޔާއެވެ.
advertisment
ހިޔާލު