ތިލައުތުރު ރަންތާޖު އިހަވަންދޫ ސްކޫލުގެ ނަސްރަތަށް

ޤައުމީ ޤުރުއާން މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ހއ. އަތޮޅު ކައުންސިލުން ބާއްވާ " ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތުން މި އަހަރު، އިހަވަންދޫ ސްކޫލުގެ ގުރޭޑް 12ގައި ކިޔަވަމުން އަންނަ އާމިނަތު ނަސްރަތު އެއްވަނަ ހޯދައިފިއެވެ.

މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

 

މި މުބާރާތުން ދެވަނަ ލިބުނީ، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުސައިން ޔަމާން އަޒީމެވެ. ތިން ވަނަ ލިބުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްޕޯޓްސް ސްޕަވައިޒަރު، ޒުމްރާ އަހުމަދެވެ.

މުބާރާތުގެ މުޙިންމު ވަނަތައް:

ވަނަ ރަށް ދިއްދޫ

ވަނަ ރަށް އިހަވަންދޫ

ވަނަ ރަށް ހޯރަފުށި

ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ރަށް ދިއްދޫ
ނުބަލާ ކިޔެވުމުގެ ގޮފިން 2 ވަނަ ރަށް ކެލާ
ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ ރަށް އިހަވަންދޫ
ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ރަށް އިހަވަންދޫ
ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ރަށް ދިއްދޫ
ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ރަށް ހޯރަފުށި

މި މުބާރާތުގައި މި އަހަރު ހއ. އަތޮޅުގެ 13 ރަށަކުން 134 ފަރާތް ބައިވެރިވިއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރި 53 ބައިވެރިންނާއި ހއ.އަތޮޅުގެ ސްކޫލްތަކުގެ ނަމުގައި ވާދަކުރި 81 ދަރިވަރުންނެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރުމަށް 28 ދަރިވަރުން ހޮވިފައި ވެއެވެ.

ދިއްދޫ އިން މި މުބާރާތުން 1 ވަނަ ޙާޞިލްކުރި މިއީ 3ވަނަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *