ދިހަ ސްކޫލަކުން ބައިވެރިވާ ށ.އަތޮޅު ވާހަކަދެއްކުމުގެ މުބާރާތް މާދަމާ ފަށަން ތާއްޔާރުވެއްޖެއެވެ. ށ. އަތޮޅު ޤުރުއާން މުބާރާތް ބާއްވަނީ ކަނޑިތީމުގައެވެ. މިއީ މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ދެ އުމުރު ފުރައަކަށެވެ. އެއީ ސާނަވީއާއި މަތީ ސާނަވީއެވެ.
ށ. އަތޮޅު ކައުންސިލުން ބުނީ، މި މުބާރާތުން އެއްވަނަ އަށް އަންނަ ސްކޫލަށް 10،000ރ، ދެވަނަ އަށް އަންނަ ސްކޫލަކަށް 7،000 ރުފިޔާ އަދި ތިންވަނަ އަށް އަންނަ ސްކޫލަކަށް 2،500 ރުފިޔާ އިނާމެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ދެ އުމުރު ފުރައިން އެއްވަނަ ދަރިވަރާއި މުޅި މުބާރާތުން އެއްވަނަ ދަރިވަރު ވެސް ހޮވާނެ ކަމަށެވެ.
ށ. އަތޮޅު ކައުންސިލުން ބުނީ، އެ އަތޮޅު ސްކޫލްތަކުގެ މެދުގައި ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމީ، މިހާތަނަށް ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވަނީ ޤުރުއާން މުބާރާތް އެކަނި ކަމަށާއި އިތުރު މުބާރާތަކަށް ސްކޫލްތަކުގެ ތަރުޙީބު ލިބުނީ ވާހަކަ ދެއްކުމުގެ މުބާރާތަށް ކަމަށެވެ.
މި މުބާރާތް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ ކަމަށް ށ. އަތޮޅު ކައުންސިލުން ބުނެއެވެ.
advertisment
ހިޔާލު