ދެ އަހަރު ދުވަހުގެ ތެރޭގައި ވެލްނެސް މެޓަރސްގެ " ޕްލާންޓް އަ ޓްރީ" ޕްރޮޖެކްޓް ރާއްޖޭގައި 19 ސްކޫލެއްގައި ކާމިޔާބު ކަމާއެކު ހިންގައިފިއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމަށް ހިތްވަރުދިނުމަށް މީހުން ހޭލުންތެރި ކުރުމަށް އުފެދިގެން އައި ވެލްނެސް މެޓަރސް އިން، ކެމިކަލާ ނުލައި ހަށިގަނޑަށް ފައިދާ ހުރި ދަނޑުވެރި އުފެއްދުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި " ޕްލްންޓް އަ ޓްރީ" ޕްރޮގްރާމް ފެށީ 16 އޮކްޓޯބަރު 2022 ގައެވެ. މި ޕްރޮގްރާމް ހިންގުމަށް އިސްނެންގެވީ ވެލްނެސް މެޓަރސްގެ ފައިންޑަރ ޒުލްފާ ނަޞީރެވެ.

ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 27 ސަރަޙައްދެއްގައި ޖުމްލަ 36 ހައިޑްރޯ ޕޯނިކްސް ސިސްޓަމް ވަނީ ޤާއިމް ކޮށްފައެވެ. އެއީ 11 އަތޮޅެއްގެ 21 ރަށެއްގެ 19 ސްކޫލުގެ އިތުރުން ފަރުދުންގެ ގޮތުގައި ބައިވެރިވި 8 ފަރާތާއި ޖަމިއްޔާއެކެވެ. މިހާތަނަށް ހައިޑްރޯ ޕޯނިކްސް 36 ސިސްޓަމް ޤާއިމް ކޮށްފައިވާއިރު، އޭގެ ތެރެއިން 22 ސިސްޓަމް ޤާއިމް ކޮށްފައި ވަނީ ސްކޫލުތަކުގައެވެ. މި ސިސްޓަމްތަކުން މިއަދާ ހަމައަށް 88 ފަހަރު ލެޓިއުސް ހައްދާފައިވާ ކަމަށް ވެލްނެސް މެޓަރސްއިން ބުނެއެވެ.
މި ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކަށް ގަސް އިންދާނެ އޮށް ފޯރު ކޮށްދީ، މޮނިޓަރކޮށް އެ ފަރާތުން އެހީއަކަށް ބޭނުންވޭތޯ ވެލްނެސް މެޓަރސްއިން ބަލާފައިވެއެވެ. ގަސްތަކަށް ދިމާވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެ މައްސަލަތައް ހައްލު ކުރާނެ ގޮތް ބައިވެރިންނަށް އަންގައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ މެރިން ރިސޯސަސް އާ ގުޅިގެން ސިލްސިލާ ކްލާސްތަކެއް ދަނީ މި ޕްރޮޖެކްޓްގެ ތެރެއިން ނަގައިދެމުންނެވެ. ގަސްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ޒުވާން ދަނޑު ވެރިޔާ ރަމްޒީވެސް ވަނީ ކުލާހެއް ނަގައިދީފައެވެ.
ވެލްނެސް މެޓަރސްއިން ބުނީ، މި ޕްރޮގްރާމު ހިންގަން ސްކޫލަތަކުން ބޭނުންވާއިރު، ފުރަތަމަ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމާ ހުރެ ބޭނުންވާ ވަރަށް ގަސް އިންދެން ނެތުމާއި ދެ ދަންފަޅިއަށް ހިންގާ ސްކޫލުތަކުގައި އިންދާ ގަސްތަކަށް ފެންދީ ބަލަހައްޓަން ވަގުތު ނުދެވުމެވެ. މިހެންވެ ސްކޫލްތަކަށް ދިމާވި މި ގޮންޖެހުންތަކަށް ހައްލު ހޯދީ ހައިޑްރޯޕޯނިކްސްގެ އެހީގައި ފެނުގައި ގަސް އިންދަން ދަސްކޮށްދީގެން ކަމަށެވެ. ހައިޑްރޯފޯނިކްސްގެ އެހީގައި ގަސް އިންދުމާ ގުޅޭ ޓްރެއިނިންގ ތައް ނަންގަވައި ދެއްވީ ކޯޗް އަޙްމަދު ފާރިޝްއެވެ.

ވެލްނެސް މެރޓަރސްއިން ބުނި ގޮތުގައި، ޖަމިއްޔާއެއްގެ ގޮތުގައި "ޕްލާންޓް އަ ޓްރީ" ރަޖިސްޓްރީކޮށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ މާލީ އެހީ، ސްޕޮންސަރުންނާއި ހެޔޮއެދޭ ފަރާތަކުން ލިބިގެންދިޔައެވެ. އަދި ވެލްނެސް މެޑަރސްއިން ހިންގާ 21 ދުވަހުގެ ޑޭޝް ފިޓް ޗެލަންޖުގައި ބައިވެރިވާ ފަރާތްތަކުން އެ ސީޒަނެއްގައި ލުއިކުރާ ކިލޯއަކުން 10 ރުފިޔާ ސީއެސްއާރުގެ ގޮތުގައި ޖަމާކުރަމުން ދިޔައީ ޕްލާންޓް އަ ޓްރީ ޕްރޮޖެކްޓަށެވެ.

އެލައިޑް އިންސުއަރެންސްއިން ލިބުނު އެހީތެރިކަމާއެކު ދެ ސްކޫލެއްގައި ހައިޑްރޯޕޯނިކް ސިސްޓަމް ވަނީ ޤާއިމްކޮށްފައެވެ.
ވެލްނެސް މެޓަރސް އިން ބުނީ، ކާމިޔާބު ކަމާއެކު ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވުނީ، އެޑކިޔުކޭޝަން މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި ހައިޑްރޯޕޯނިކް ސިސްޓަމްތައް ޤާއިމް ކުރުމަށް އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަން ލިނިފައިވާތީ އެ ފަރާތަށް ޚާއްޞަ ޝުކުރެއް ރައްދުކުރާ ކަމަށެވެ.
advertisment
ހިޔާލު