ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީނީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން ޛޫޝާން ވަނީ، ދިވެހި ބެސްވެރިކަމުގެ ފަންނުވެރިންނާ ބައްދަލުކޮށް އެބެފުޅުންނާ ގުޅިގެން ދިވެހިބޭސްވެރިކަމުގެ ކޯސްތަކެއް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ. ވިލިނގިލީ ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފު ކުރުން ކަމަށް ޛޫޝާން ވަނީ ވިދާޅުވެފައެވެ.
ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ގއ.ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތުތަށް ފަހިކޮށްދިނުމަށް ޛޫޝާން އެދިވަޑައިގެންފައެވެ.
މޯލްޑިވިސް ޕޮލިޓެކްނިކުން ދަނީ، ރަށްރަށުގައި ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުންނެވެ.
advertisment
ހިޔާލު