ސާނަވީ ގްރޭޑް ތަކަށް ސައިންސް އާއި ހިސާބު ކިޔަވައިދޭ މުދައްރިސުންނަށް ހާއްސަކޮށްގެން ޓްރެއިނިންގ އޮފް ޓެރެއިނަރސް މަސައްކަތު ބައްދަލުވުން މިއަދު ފަށައިފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ، އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ)ގެ އެހީތެރިކަމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
ހިސާބު މާއްދާއަށް ހާއްސަ ސެޝަން ޝަރަފުވެރި ކޮށްދެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދެވެ. އަދި ސައިންސަށް ހާއްސަ ސެޝަން ފައްޓަވާދެއްވީ ޑެޕިއުޓީ މިނިސްޓަރ ސުލްތާން ރާމިޒެވެ.
މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކީސްޓޭޖް 3 އަދި 4ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، މިމާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އަދި ހާއްސަކޮށް އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްގީކުރުމެވެ.
ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ މިމަސައްކަތު ބައްދަލުވުމުގައި ސެކަންޑަރީ ސައިންސް މާއްދާތަކާއި ހިސާބު އުނގެނުމާއި އުނގަންނައިދިނުން އިތުރުކުރުމަށް ފޯރމަޓިވް އެސެސްމަންޓް ބޭނުންކުރުމާ ބެހޭ މަޢުލޫމާތު ހިއްސާކުރާނެއެވެ. އަދި
އުނގެނުމުގައި ހުންނަ ފަރަގުތައް ދެނެގަނެ، ދަރިވަރުންގެ ކުރިއެރުމަށްޓަކައި "ޔޫސް އެސެސްމަންޓް ޑޭޓާ" ބޭނުންކުރާނެގޮތުގެ މަޢުލޫމާތު ހިއްސާކުރާނެއެވެ.
އޮކްޓޫބަރު 14 އިން 17 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި 114 ސްކޫލަކުން 228 މުދައްރިސުން ބައިވެރިވިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، ދެ ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި ޖުމްލަ 428 ޓްރެއިނަރސް ޓްރެއިން ކުރާނެ ކަމަށެއެވެ. އެއީ 214 ހިސާބު އަދި 214 ސައިންސް ޓްރެއިނަރުންނެވެ.
advertisment
ހިޔާލު