ޢަރަބި ބަސް ދަސްކުރަން ބޭނުންތަ؟ ޤުރްއާނާ ބެހޭ މަރުކަޒުން ހުޅުވާލަ ދެނީ މަގެއް

ޢަރަބި ބަސް އެއްވެސް ވަރަކަށް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން ޢަރަބި ބަސް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ފަށަން ނިންމައިފިއެވެ.

"އަހަރެން ވެސް ޢަރަބި ކިޔަވާނަން" ނަމުގައި މި ޕްރޮގްރާމް ކުރިއަށް ފެންދަނީ 19 އޮކްޓޫބަރު 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށެވެ.

ޤުރްއާނާ ބެހޭ މަރުކަޒުން ބުނީ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކުން 16 އޮކްޓޫބަރު 2024 ގެ 13:00 ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. މި ޕްރޮގްރާމްގައި  ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 މީހުންނަށް ކަމަށެވެ.

ގޫގުލް ފޯމު ލިންކު: https://docs.google.com/forms/d/1kgdqOp1CEY0om8NwqF7NiQ2n24GanpKQoapXUOh-GYg/edit

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *