މެލޭޝިއާގައި ބޭއްވި ޤުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާ އަށް ތިން ވަނަ

"މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" (އެމްޓީއެޗްކިއުއޭ) މުބާރާތުން ތިން ވަނަ އިސްކަންދަރު ސްކޫލުގެ އަލްހާފިޡާ ފާތިމަތު ޝާޔާ ޒާހިރު ހޯދައިފިއެވެ. އޮކްޓޯބަރު މަހުގެ 5ން 12އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 52 ޤައުމުން 76 ފަރާތެއް ވާދަކުރިއެވެ.

މި މުބާރާތުން ތިން ވަނަ ހޯދުމުން ޝާޔާއަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ.

އިސްކަންދަރު ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުން އަންނަ ޝާޔާ ވަނީ، މި އަހަރުގެ އެޕްރީލް މަހު، މިސްރުގައި ބޭއްވި ޤުރުއާން މުބާރާތަކުން ދެވަނަ ހޯދާފައެވެ. ނިމިގެން ދިޔަ ޤައުމީ ޤުރުއާން މުބާރާތުގެ ހާފިޡުންގެ ބައިން އެއްވަނަ ވެސް ޝާޔާ ވަނީ ހޯދާފައެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރީ އުމުރުން ދިހަ އަހަރުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *