ތުރުކީއާއި ދުބާއީއަށް ކުރި ތަޖުރިބާ ދަތުރުން ފޭދޫ ސްކޫލު ދަރިވަރުންނަށް، ބަލައި ހޯދައި ވިސްނުމުގެ ފުރުޞަތު

އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލުގެ ދަރިވަރުން ތަޖުރިބާ ހޯދަން ފުރަތަމަ ޓާމް ޗުއްޓީގައި ދިޔައީ ތުރުކީއަށާއި ދުބާއީ އަށެވެ. 24 ސެޕްޓެމްބަރުން 4 އޮގަސްޓަށް ކުރި މި ދަތުރުގައި ގުރޭޑް 9 ގައި ކިޔަވަމުންދާ 11 ދަރިވަރުން ބައިވެރިވިއެވެ. މި ދަތުރުގެ މަގުސަދަކީ، ފިލާވަޅަކީ ހަމައެކަނި ކްލާސްރޫމްގެ ހަތަރު ފާރުގެތެރޭގައި ދަސްކުރާއެއްޗެއްގެ އިތުރުން، ދަވިރުން އަމިއްލައަށް ހޯދައި، ބަލައި، އަމިއްލަ ތަޖުރިބާއިން ކަންކަން ދަސްކުރުމަށް ފުރުޞަތު ފަހިކޮށް ދިނުމެވެ.

ދަރިވަރުންނަށް ދަސްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި،

  • ފައިނޭންޝިއަލް ލިޓްރެސީ
  • ކަލްޗަރަލް އެވެއަރނެސް އެންޑް ރެސްޕެކްޓް
  • އެމްޕަތީ އެންޑް ކޮމްޕެޝަން
  • ރެޒީލިއަންސް އެންޑް އެޑަޕްޓިބިލިޓީ
  • ކްރިޓިކަލް ތިންކިން އެންޑް ޕްރޮބްލަމް ސޯލްވިންގ
  • ގްލޯބަލް ސިޓިޒެންޝިޕް
  • ޓީމްވޯކް އެންޑް ކޮލަބޮރޭޝަން
  • ރެސްޕޮންސިބިލިޓީ އެންޑް އެކައުންޓެބިލިޓީ
  • ޓައިމް މެނޭޖްމަންޓް އެންޑް ޑިސިޕްލީން
  • ކޮންފިޑެންސް އެންޑް ސެލްފް އެސްޓީމް
  • ކޮންފްލިކްޓް ރިޒޮލިއުޝަން
  • ލީޑަރޝިޕް އެންޑް އިނީށިއޭޓިވް
  • އިސްލާމީ ތާރީޚާއި އާދަކާދަތައް

ފޭދޫ ސްކޫލުން ބުނީ އާންމުކޮށް ކުރިއަށް ގެންދާ ތަޖުރިބާ ދަތުރުތަކާ ޚިލާފަށް މި ދަތުރުގައި، ދަރިވަރުންނަށް ކޮންމެ ދުވަހަކު ދަސްވި އެއްޗެއް ދަތުރަށް ޚާއްޞަ ކޮށްފައިވާ އެކުޓިވިޓީ ފޮތުގައި ލިޔަން ޖެހޭ ކަމަށެވެ. މި ފޮތުގައި، ދަތުރުގެ ބަޖެޓުގެ އިތުރުން ޒިކުރު ކުރުމަށާއި ޤުރުއާން ކިޔެވުމަށް ވެސް ޗެކްލިސްޓެއް ހިމަނާފައިވާނެ ކަމަށެވެ.

ދަތުރުގެ ބައިވެރިންނަށް ދެ ޤައުމުގެ ތަފާތު އެކި ތަންތަނަށް ޒިޔާރަތްކޮށް ތަފާތު ތަޖުރިބާތަކެއް ކުރި ކަމަށް އެ ސްކޫލުން ބުނެއެވެ. ދަރިވަރުން ޒިޔާރަތް ކުރި ތަންތަނުގެ ތެރޭގައި ދެ ހައި ސްކޫލަކައި  ޔުނިވާސިޓީ އަކަށް ޒިޔާރަތް ކުރިއެވެ.

މި ދަތުރުގައި ބައިވެރިވި ގުރޭޑް 9 ބީގެ ދަރިވަރު އައިޝަތު އައިނީ އަޒުހާން ބުނީ، ކިޔެވުމުގެ ތެރެއިން މިފަދަ ތަންތަނަށް ދަތުރުކޮށް މައުލޫތު ހޯދުމުން ކިޔަވަން ޝައުޤުވެރިވާ ކަމަށެވެ. މި ދަތުރުގައި ތަޖުރިބާކުރަން ދިޔަ ތަންތަނުގެ ތެރޭގައި ޕްރިންސަސް އައިލޭންޑްގެ އިތުރުން ކަޕަޑޯޝިއާގެ އެކި ސަރަހައްދުތައް ހިމެނެއެވެ. އޭގެތެރޭގައި، ޕިޖަން ވެލީ، އިމޭޖިނިޝަން ވެލީ، މިރަކަލް ވެލީ، ފެއަރީ ޗިމްނީ، އަންޑަރ ގްރައުންޑް ސިޓީ، ޕޮޓެރީ ވޯކްޝޮޕް ހިމެނެއެވެ. އަދި ވަކިން ހާއްސަކޮށް ހަގިޔާސޯފިއާއަށް ދިއުމުގެ ފުރުސަތު ލިބުމާއި ތުރުކީގެ "ބްލޫ މޮސްކް" އާއި ދުބާއީގެ ޝައިޚް ޒައިދު ގްރޭންޑް މޮސްކްގައި ނަމާދު ކުރުގެ ނަސީބު ވެސް ލިބިގެން ދިޔައެވެ.

" މި ދެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ފުރުޞަތު ލިބުމުން ވަރަށް އުފާވި" އައިނީ ބުންޏެވެ.

ތާރީޚީ ސަޤާފީ ތަންތަނުގެ އިތުރުން ދެ ޤައުމުގެ ތަފާތު އެކި މޯލް ތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ފަހިކޮށްދީ، ދަރިވަރުން ހިތްހަމަ ޖައްސާލާނެ ވަގުތުތަކެއް ދަތުރުގެ ތެރޭގައި ހަމަޖައްސައިދީފައި ވެ އެވެ.

ދަތުރުގެ ތެރެއިން ކޮންމެ ދުވަހަކު ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ " ސްޓަރ އޮފް ދަ ޑޭ " ހާސިލް ކުރަން ހުރިހާ ދަރިވަރުން ދިޔައީ ނުހަނު ވާދަވެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ.

ސްޓާ އޮފް ދަ ޑޭ  ހޯދުމަށްޓަކައި ޒިޔާރަތްތަކާއި ދޭ ފިލާވަޅުތައް ފުރިހަމަ ކުރަން މަސައްކަތް ކުރުމުގެ އިތުރުން އިވެންޓް އިންތިޒާމްކޮށް ހޯސްޓް ކުރުމުގައި ވެސް ދަރިވަރުން އަމަލީ ގޮތުން މަސައްކަތް ކުރިއެވެ.

ފޭދޫ ސްކޫލުން ބުނީ، މިދަތުރުގައި އެންމެ ގިނަ ސްޓާރ ލިބޭ ކުއްޖަކައް "ގްލޯބަލް ޔޫތް އެމްބެސެޑަރ" އެވާރޑް ދޭން ނިންމާފައިވާ ކަމަށެވެ.

ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރު ޑރ. އަޙްމީމާ ލުތުފީ ވިދާޅުވީ، މާދަމާ ގައުމު ބީނާ ކުރަން ތިބީ ދަރިވަރުންނަކީ ތަފާތު ސަގާފަތްތަކާއި ކުރިއަރާފައިވާ މުޖުތަމައުތަކަށް އެކުދިންގެ ނަޒަރު ފުޅާކުރަން ޖެހޭނެ ބައެއް ކަމަށާއި، މި ތަޖުރިބާތަކުގެ ސަބަބުން ޤައުމުގެ ކުރިއެރުމާ މެދު އީޖާދީ ގޮތުން ވިސްނުމަށް ހިތްވަރު ލިބޭނެ ކަމަށެއެވެ. ކާމިޔާބު ޤައުމެއް ބިނާކުރުމަށް ބޭނުން ވަނީ ހަމައެކަނި ޢިލްމެއް ނޫން ކަމަށާއި، ހުޅުވާލެވިފައިވާ ވިސްނުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *