"ރިވެލި 2024″ ގެ ނަމުގައި ދިރާސާކުރާ މީހުންނަށް ހާއްސަ މުބާރާތެއް ބާއްވަން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ނިންމައިފިއެވެ.
މިއީ ދިރާސާ ކުރަން ލޯބިކުރާ މުޖްތަމައުއެއް ބިނާކުރުމަށް އަމާޒުކޮށް އައިޔޫއެމްއިން ބާއްވާ މުބާރާތެކެވެ.
މި މަހުގެ 26 ގައި މި މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރީ ވާން ޖެހެނީ އޮންލައިންކޮށެވެ.
އައިޔޫއެމްއިން ބުނެފައި ވަނީ، މި މުބާރާތުން އެއް ވަނަ ހޯދާ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށާއި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓެއް ދޭނެ ކަމަށެވެ.
އައިޔޫއެމްއިން ބުނީ، މި މުބާރާތުގެ ސަބަބުން ދިރާސާ ކުރުމަށް ޝައުޤު އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުން، އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކޮށްފައިވާ ދިރާސާތައް އާންމުންނަށް ހުށަހެޅުމުގެ ފުރުސަތު މި މުބާރާތުން ފަހިވެގެންދާނެ ކަމަށެވެ.
advertisment
ހިޔާލު