ހަތް ދުވަހުގެ ޗުއްޓީއަކަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ހުރިހާ ސްކޫލުތަކެއްގައި މިއަދު ފަށައިފިއެވެ.
ފުތަމަ ޓާމުގައި 85 ދުވަހު ދަރިވަރުން ކިޔަވާފައިވެއެވެ. ދެވަނަ ޓާމުގައި 105 ދުވަހު ކިޔަވައި ދޭނެއެވެ. ދެ ވަނަ ޓާމްގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ.

ދިރާސީ އަހަރު ފެށީ 96،000 އަށްވިރެ ގިނަ ދަރިވަރުންނާއެކުގައެވެ. އެއީ އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބަށް ބަލާއިރު، ސަރުކާރުގެ ސްކޫލުތަކުގައި 12،662 ޓީޗަރުން ކިޔަވައި ދެމުން ގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 10،729 ދިވެހި ޓީޗަރުންނާއި 1،933 ބިދޭސީ ޓީޗަރުންނެވެ.
advertisment
ހިޔާލު