ތުރުކީ ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ހަފްލާއެއް

ތުރުކީ ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހަފުލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި ބައިވެރިވީ، ސްކޮލަރޝިޕަށް މިހާތަނަށް ހޮވިފައިވާ 14 ދަރިވަރުންގެ ތެރެއިން ތުރުކީއަށް ދިޔުމަށް ވިސާއާއި އެހެނިހެން ކަންކަން ހަމަޖެހިފައިވާ 11 ދަރިވަރުންނެވެ.

މި ޙަފްލާގައި ބައިވެރިވި 11 ދަރިވަރުންގެ ތެރެއިން ބެޗްލާރސް ޑިގްރީއަށް 7 ދަރުވަރުން، މާސްޓަރސް ޑިގްރީ އަށް 4 ދަރިވަރުން ކިޔަވާނެއެވެ.

މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ރާއްޖެއަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތައް ކަމަށް ކަނޑައަޅާފައިވާ "ޓްރެއިނިންގ ނީޑްސް" ލިސްޓްގައި ހިމެނިފައިހުރި ދާއިރާތަކުން ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ތުރުކީ ސްކޮލަރޝިޕްތަކުގައި ކިޔަވަން ފުރުޞަތު ދީފައި ވަނީ ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޑޮކްޓޯރަލް ޑިގްރީއަށް ކިޔެވުމަށެވެ.

ތަފާތު ކިތަންމެ ދާއިރާތަކަކުން ކުރިއަށް ދިޔުމަށް ހުޅުވައިލި މި ސްކޮލަޝިޕް ފުރުސަތުގައި، ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޑޮކްޓޯރަލް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުތައް ހިމެނުނެވެ.

ތުރުކީ ސްކޮލަރޝިޕްތަކުގައި ކިޔަވަމުން ދާ ދުވަސްވަރު ޔުނިވަރސިޓީއަށް ދައްކަން ޖެހޭ ޓިއުޝަން ފީއާއި، ބަލިވެއްޖެނަމަ ބޭސްކުރުމުގެ ޚަރަދަށް މެޑިކަލް އިންޝައުރެންސާއި، ދިރިއުޅޭނެ ސްޓޫޑެންޓް އެކޮމޮޑޭޝަން ތުރުކީވިލާތުގެ ސަރުކާރުގެ އެހީގައި ހަމަޖައްސަވައި ދެ އެވެ. އަދި ތުރުކީ ވިލާތަށް ދަތުރު ކުރުމަށާއި، ކިޔަވައި ނިމިގެން އެނބުރި ރާއްޖެ އައުމަށް ދޭ ދެކޮޅު ޓިކެޓާއި، އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް ދޭ ސްޓައިޕެންޑްގެ ޚަރަދު ވެސް، ތުރުކީ ވިލާތުގެ ސަރުކާރުގެ ދީލަތި އެހީގައި ދަރިވަރުންނަށް ހަމަ ޖައްސައި ދެ އެވެ.

ޖަޕާނަށް ކިޔަވަން ދިޔުމަށް ލިބުނު ސްކޮލަރޝިޕްތަކެއްގައި، ޖަޕާނަށް ދާ ދަރިވަރުންނަށް ވެސް މިފަދަ ޙަފްލާއެއް ވަނީ ބާއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *